ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 06 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ Print
Tuesday, 08 May 2012 03:20

2012 އޭޕްރީލް މަހުގެ 22 - 26 އަށް ދ.ކުޑަހުވަދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މި ޓްރޭނިންގގައި  ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ޖުވެނައިލް ކޯޓުގެ ޤާޟީ އަޙްމަދު ޝަކީލާއި، ކޯޓުގެ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މި ޓްރެއިނިންގއަކީ، ރެސްޓޮރެޓިވް ޖަސްޓިސް ގެ ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، މެޖިސްޓްރޭޓުންނާއި، އަތޮޅުތަކުގައި މަސައްކަތްކުރަމުން ގެންދާ ޕޮލިހުންނާއި، އަތޮޅުތަކުގައި ހުންނަ އެފް.ސީ.އެސް.ސީ ތަކުގައި މަސައްކަތްކުރަމުންގެންދާ ސޯޝަލް ވޯކަރުން ތަމްރީނުކުރުމަށްޓަކައި ބޭއްވުނު ޓްރެއިނިންގ އެކެވެ. މިގޮތުން، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި ކޯޓުގައި ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ރިޢާޔަތް ކުރަމުންގެންދާ، ޤަވާޢިދެއްކަމުގައިވާ، " ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައްބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު " ގައިވާ ބައިތައް އޮޅުންފިލުވައިދެވުނެވެ.

މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ އިތުރުން، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ދެ މުވައްޒަފުންކަމުގައިވާ ކޯޓުއޮފިސަރ ޙުސައިން ނަޝީދާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝިމްނާ ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

 
ޖުވެނައިލް ކޯޓުގެ މަސައްކަތް ކޯޓުގެ އާ ޢިމާރާތަށް ބަދަލްކޮށްފި. Print
Sunday, 15 April 2012 08:14

ޖުވެނައިލް ކޯޓުގެ މަސައްކަތް ޖުވެނައިލް ކޯޓުގެ އާ ޢިމާރާތަށް 25 މާރޗް 2012 ގައި ބަދަލު ކުރައްވައިފިއެވެ. ޖުވެނައިލް ކޯޓު ކުރިން ހިންގަމުން އައީ ފަންހިޔާ ބިލްޑިންގ ގެ 2 ވަނަ ފަންގިފލާގައެވެ. އަލަށް ޖުވެނައިލް ކޯޓުގެ މަސައްކަތް ބަދަލުކުރީ ޖުވެނައިލް ކޯޓުގެ އާ ޢިމާރާތްކަމަށްވާ މ.މާތިލައަށެވެ. ޖުވެނައިލް ކޯޓަށް މިލިބުނު އާޢީމާރާތުގެ ސަބަބުން ކޯޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމަށް އެކަށޭނެ މާޙައުލެއް ލިބި، ކޯޓަށް ޙާޟިރުވާ ފަރާތްތަކަށާއި، އެކި ބޭނުންތަކަށް ކޯޓަށް ޙާޟިރުވާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ކޯޓުން ދެކެއެވެ.

 
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 05 ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ Print
Sunday, 15 April 2012 07:59

2012 މާރޗް މަހުގެ 18 - 22 އަށް ބ.އޭދަފުށީގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 
ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން ޖުވެނައިލް ކޯޓުގެ މިއަދުގެ މައްސަލަތައް ކެންސަލް ކޮށްފި Print
Tuesday, 17 January 2012 10:40

ކޯޓުތަކުން ކުރަމުންގެންދާ އަމުރުތަކަށް ސަލާމަތީ ބާރުތަކުންނާއި، ތަންފީޒީ ބާރުތަކުން ތަބާނުވުމާއި، ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންގެންދާތީ، ޖުވެނައިލް ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފިއެވެ. އަދި ކުރިއަށް ޝެޑިއުލް ކޮށްފައިވާ މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތަކާއިބެހޭގޮތުން ކޯޓުން ދަނީ މަޝްވަރާކުރަމުންނެވެ.

 
2011 ވަނަ އަހަރު ޖުވެނައިލް ކޯޓަށް އެންމެ ގިނަ ޢަދަދަކަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް Print
Tuesday, 17 January 2012 04:07

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު 2011 ވަނަ އަހަރު ވަރަށް ބޮޑުތަން އިތުރުވެ، އެ އަހަރު ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 
« StartPrev1234NextEnd »

Page 1 of 4