ޖުވެނައިލް ކޯޓަށް ކުރެވޭ ޢާންމު ސުވާލު

ޖުވެނައިލް ކޯޓަކީ، ކުށްކުރާކުދިންގެ ޢަދަދު މުޖުތަމަޢުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާންފެށި މައްސަލަތަކަށް ޙައްލެއްހޯދުމަށާއި، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާނޭ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) ގެ 09 ވަނަ މާއްދާގައި ބަޔާންކުރެވިފައިވުމުން ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކިކޯޓެއް ހުންނަންޖެހޭ ކަމަށް ފެނިގެން 01 އޯގަސްޓް 1997 ގައި އުފެއްދި ކޯޓެކެވެ. 01 އޯގަސްޓް 1997 އިން ފެށިގެން، 21 އޮކްޓޯބަރ 2010 އާ ހަމައަށް ޖުވެނައިލް ކޯޓު ހިންގަމުން އައިސްފައިވަނީ، "ކުޑަކުދިންނާބެހޭ ކޯޓު" ގެ ނަމުގައެވެ. 21 އޮކްޓޯބަރ 2010 ގައި "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ތަޞްދީޤު ކުރެވުމާއެކު، ކޯޓުގެ ނަން ޖުވެނައިލް ކޯޓަށް ބަދަލުވެގެން ދިއައީއެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ގެ ޖަދުވަލު 4 ގައިވާ ގޮތުގެމަތިން، އެހެން ޤާނޫނަކުން ޖުވެނައިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތަކުގެ އިތުރަށް، ޤާނޫނުގައި ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތަކާއި، ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ޖުވެނައިލް ކޯޓަށް ލިބިގެންވެއެވެ.

ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހެޅޭނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުށާބެހޭ ތަޙުޤީޤެއް ކުރުމަށްފަހު، އެމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިގެން އެ އޮފީސް މެދުވެރިކޮށެވެ.

ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގައިވެސް ކޯޓަށް ވަކީލަކު ގެނެވިދާނެއެވެ.

ކުޑަކުދިންގެ މައްސަލަތަކަކީ ސިއްރު މައްސަލަތަކަކަށްވާތީ ކަނޑައެޅިފައިވާ ވަކިފަރާތްތަކަށް ފިއަވައި، އެހެން ފަރާތްތަކުން އެޝަރީޢަތް އަޑުއަހަން ވަނުމުގެ ފުރުޞަތެއް ނޯވެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ޝަރީޢަތުގެ މަޖިލީހަށް ކުއްޖާގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކުއްޖާއަށް ވާގިވެރިވެދޭނެ ފަރާތްތަކަށް ޙާޟިރުވެވޭނެއެވެ. މިގޮތުން، ކުއްޖާގެ ބެލެނިވެރިޔާ، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން، އަދި ކުއްޖާގެ ކައުންސިލަރުން ހިމެނެއެވެ.

ކުއްޖާގެ މަޞްލަޙަތުގައި ބުނަން ބޭނުންވާ އެއްޗެއް ޤާޟީގެ އިޒުނައާއެކު ބުނެވިދާނެއެވެ.

10 އަހަރުން މަތީގެ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދެވޭނެއެވެ. އަދި އެކުދިންގެ މައްޗަށް ކަނޑައެޅޭ އަދަބަކީވެސް ހަމަ ޤާނޫނުގައި އެކުށަކަށް ކަނޑައެޅިފައިވާ އަދަބެވެ. ނަމަވެސް ކުޑަކުދިންގެ މައްޗަށް ކަނޑައެޅެނީ، އެކުށަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ 3/‏2އެވެ. އަދި ކުށް ސާބިތުވާ 18 އަހަރުންދަށުގެ ކުދިން، އިޞްލާޙީ ޕްރޮގްރާމްތަކުގައި ބައިވެރި ކުރުމުގެ ފުރުޞަތުވެސް އޮވެއެވެ.

އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ޙާޟިރުވާނީއެވެ.

މައްސަލަ އަވަސްކުރުމަށްޓަކައި ކޯޓަށް އެއްބާރުލުން ދެވިދާނެއެވެ. މިގޮތުން މައްސަލަތަކަށް ގަޑިއަށް ޙާޟިރުމުވަށް ސަމާލުކަންދޭންވާނެއެވެ. ކުޑަކުދިންގެ މައްސަލަތަކަކީ، ހުރިހާ މަރުޙަލާތަކެއްގައިވެސް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލަތަކެކެވެ.

އެފަދަކަމެއް މެދުވެރިވެއްޖެނަމަ، އެކަން ކޯޓަށް އަންގައި، ކޯޓުގެ ހުއްދަ ލިބިގެން ދެވިދާނެއެވެ.

މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި، ހައިކޯޓަށް މައްސަލަ ހުށަހަޅާނީއެވެ. ހައިކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބޭނުންވާނެއެވެ.

ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ޖުވެނައިލް ކޯޓަށް ހުށަހެޅުމުން، ޢާއްމު ގޮތެއްގައި ކޯޓަށް ފޯމު ހުށަހަޅާތާ ލަސްވެގެން 07 ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެއެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެދޭ ފޯމު، ޖުވެނައިލް ކޯޓުގެ ކައުންޓަރުންނާއި، އަދި ޖުވެނައިލް ކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ރިޕޯޓު ބަލާ ކޯޓަށް ޙާޟިރުވާއިރު -/20 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ގެންނަންވާނެއެވެ.

ކޯޓުން ދޫކުރާ ރިޕޯޓާއެކު މައްސަލައިގާ ހުށަހެޅުނު ބަޔާންތައް ދޫކުރާނީ، އެކަމަށް އެދިފައިވާނަމައެވެ. އަދި މިގޮތުން ދޫކުރެވޭ ކޮންމެ ޞަފުޙާއަކަށް -/1 ރުފިޔާގެ ފީއެއް ނެގޭނެއެވެ.

އިސްތިއުނާފުގެ މުއްދަތު ކަމުގައިވާ 90 ދުވަސް ހަމަވުމަށްފަހު، ދޫކުރާ ލިޔުމަކީ ދުވަސްވީ ލިޔުމެއްކަމަށް ބެލެވޭތީ އެފަދަ ލިޔުންތައް ދޫކުރާގޮތަށް ހަމަޖެހިފައިވަނީ، -/100 ރުފިޔާގެ ފީއެއް ނެގުމަށްފަހުގައެވެ. މީގެ އިތުރުން ދޫކުރެވޭ ލިޔުމުގައި ހިމެނޭ ފޮޓޯކޮޕީ ނަގާ ކޮންމެ ޞަފުޙާއަކަށް -/1 ރުފިޔާގެ ފީއެއް ނެގޭނެއެވެ.

1. ކޯޓަށް ޙާޟިރުވާ ފަރާތްތައް ކޯޓަށް ޙާޟިރުވާއިރު ކޯޓުގެ ހުރުމަތާއި އެކަށީގެންވާ ހެދުން އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. މިގޮތުން، ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތްތަކުން ކޯޓަށް ޙާޟިރުވާއިރު:

(ހ) ކޯޓަށް ޙާޟިރުވާ ކޮންމެ ފަރާތެއްވެސް ހުންނަންވާނީ ކާކުކަން އެނގޭފަދަ ހެދުމެއް އަޅައިގެންނެވެ. މިގޮތުން، މޫނު ނިވާވާފަދަ ހެދުމެއް އެޅުމަކީ މަނާކަމެކެވެ.

(ށ) ކޯޓަށް ޙާޟިރުވާ ފަރާތްތަކުން ނިވާކަން ކުޑަ ހެދުން، ކުރު ސޯޓު، ގިރުވާން ނުހުނަ ޓީޝާޓް، ޓްރެކްސޫޓް، އަދި އެކަށީގެންނުވާ ފަދަ ޢިބާރާތް ލިޔެފައި ހުންނަ ހެދުން އެޅުމަކީ މަނާކަމެކެވެ.

(ނ) ކޯޓަށް ޙާޟިރުވާ ފަރާތްތައް އިސްލާމްދީނާ ޚިލާފު ޝިޢާރުތައް ރަމްޒުކޮށްދޭ ފަދަ ހުދެން ލުމަކީ، އަދި އެ ފަދަ ގަހާނާތައް ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެޅުމަކީ މަނާކަމެކެވެ.

(ރ) ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާކަމަށް ކޯޓުން އަންގާ ކޮންމެ ހެދުމެއް އެޅުމަކީ މަނާކަމެކެވެ.

(ބ) ސަރުކާރުން ކަނޑައަޅާފައިވާ އެކި ޔުނީފޯމުގައި ތިބެންޖެހޭ ފަރާތްތަށް މި މާއްދާގެ (ށ) އިން އިސްތިސްނާވެއެވެ.

2. އެއްވެސް ފަރާތަކުން، މި ގަވާއިދުގެ 1 ވަނަ މާއްދާއާ ޚިލާފުވެއްޖެނަމަ، އެ ފަރާތެއް ކޯޓަށް ވަނުން މަނާކުރަންވާނެއެވެ.