އިސްޤާޟީ
Card image cap
އަލްއުސްތާޛް ސަޢީދު އިބްރާހީމް
އަލްއުސްތާޛް ސަޢީދު އިބްރާހީމް ޖުވެނައިލް ކޯޓުގެ ޤާޟީކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 20 ޖޫން 2016 ވަނަ ދުވަހުއެވެ. އަލްއުސްތާޛް ސަޢީދު އިބްރާހީމް އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީޢާ އިސްލާމިއްޔާއިން، މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަލްއުސްތާޛް ސަޢީދު އިބްރާހީމް ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ސެކްރެޓެރީކަމާއި އަދި ޖިނާއީ ކޯޓުގެ ޤާޟީކަން ހިމެނެއެވެ.

ޤާޟީ
Card image cap
އަލްއުސްތާޛް އަޙުމަދު ޝަރީފް
އަލްއުސްތާޛް އަޙްމަދު ޝަރީފު ޖުވެނައިލް ކޯޓުގެ ޤާޟީކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 6 އޯގަސްޓު 2014 ވަނަ ދުވަހުއެވެ. އަލްއުސްތާޛް އަޙްމަދު ޝަރީފު އަކީ ލީބިޔާގެ ގާރިޔޫނިސް ޔުނިވަރސިޓީއިން ބެޗަލަރސް އޮފް ލޯ (އެލް.އެލް.ބީ) ޙާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަލްއުސްތާޛް އަޙްމަދު ޝަރީފު ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ/ ސީނިއަރ ސްޓޭޓް އެޓަރނީކަމާއި، ކޯޓު ނަންބަރު 2 ގެ ޤާޟީކަމާއި މަދަނީ ކޯޓުގެ ޤާޟީކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމާއި އެކޯޓުގެ އިސްފަނޑިޔާރުކަން ހިމެނެއެވެ.
ޤާޟީ
Card image cap
އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު
އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު ޖުވެނައިލް ކޯޓުގެ ޤާޟީކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 20 ޖޫން 2016 ވަނަ ދުވަހުއެވެ. އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އާއި ޔުނިވަރސިޓީ އޮފް ގަތަރުން ބެޗަލަރސް އޮފް ޝަރީޢާ ޙާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓްކަން، ޖިނާއީ ކޯޓުގެ ޤާޟީކަން، ޑްރަގް ކޯޓުގެ ޤާޝީކަމާއި އަދި މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަންވެސް ހިމެނެއެވެ.
ޤާޟީ
Card image cap
އަލްއުސްތާޛާ މަރްޔަމް ޠާޢިފާ
އަލްއުސްތާޛާ މަރްޔަމް ޠާއިފާ ޖުވެނައިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 2020 ނޮވެނަބްރު 26 ވަނަ ދުވަހުއެވެ. އެކަމަނާ އަކީ ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް ޢައްޔަން ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ. އަލްއުސްތާޛާ މަރްޔަމް ޠާއިފާ ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވާފައި ވަނީ 2012 ވަނަ އަހަރުއެވެ. އެކަމަނާވަނީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނަރސްގެ އެއްވަނަ ދަރަޖަ ޙާޞިލްކުރައްވާފައެވެ. ޖުވެނައިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމާ ހަމައަށް އަލްއުސްތާޛާ މަރްޔަމް ޠާއިފާ ހުންނެވީ، ޕްރްސިކިއުޓަރ ޖެނެރަލް އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަޤާމުގައެވެ. ޕްރޮސިކުޓަރ ޖެނެރަލް އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރެއްވި މުއްދަތުގައި، ހުރިހާ މަރުޙަލާއެއްގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރެއްވުމުގެ އިތުރުން، އެކަމަނާ ވަނީ އެ އޮފީހުގެ ފެމެލީ އެންޑް ޗައިލްޑް ޔުނިޓުގެ ޔުނިޓް ހެޑްކަމާއި، މޭޖަރ ކްރައިމްސް ޔުނިޓުގެ ޔުނިޓް ހެޑްކަން އަދި އެޕީލް ޔުނިޓުގެ ޔުނިޓް ހެޑްކަން އަދާކުރައްވާފައެވެ. މީގެއިތުރުން އަލްއުސްތާޛާ މަރްޔަމް ޠާއިފާ ވަނީ، ޤާނޫނު ނަންބަރު: 2012/03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ 2019 ވަނަ އަހަރު އައްޔަންކުރައްވާފައެވެ. މިގޮތުން ޖުވެނައިލް ކޯޓުގެ ފަނޑުޔާރުކަމުގެ މަޤާމަށް އައްޔަން ކުރުއްވުމާ ހަމައަށް އަލްއުސްތާޛާ މަރްޔަމް ޠާއިފާ ހުންނެވީ އެބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.