ޖުވެނައިލް ކޯޓުން ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ އޮފީހާއެކު ބައްދަލުވުމެއް ބާއްވައިފި.

Card image cap

2021 ޖަނަވަރީ 27 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ ފަރާތުން، ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖުވެނައިލް ކޯޓުގެ އިސްޤާޟީ އައްއުސްތާޛު ސަޢީދު އިބްރާހީމްއާއި ޤާޟީ އަލްއުސްތާޛު އަހްމަދު ޝަރީފްއާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅާއި ޤާޟީ އަލްއުސްތާޛާ މަރިޔަމް ޠާއިފާގެ އިތުރުން ރަޖިސްޓްރާރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ފަޒީލާއެވެ. އަދި ޗިލްޑްރެންސް އޮމްބަޑްސްޕަރސަން އޮފިހުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ޗިލްޑްރެންސް އޮމްބަޑްސް ޕަރސަން ނިޢުމަތު ޝަފީޤުއެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޖުވެނައިލް ކޯޓުއަދާކުރަމުންދާ ދައުރާއި ޖުވެނައިލް ކޯޓުން ކުރަމުންގެންދާ މަސައްކަތްތައް ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ އޮފީހާ ޙިއްސާ ކުރުމަށާއި، ޗިލްޑްރެންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޖުވެނައިލް ކޯޓާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ކުށުގެ ތުހުމަތުގައި ބަންދުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާފައި ތިބޭ ތަންތަނުގެ ޙާލަތާއި ގުޅޭގޮތުންނާއި، ބަންދުގައި ބައިތިއްބާފައި ތިބޭ ކުދިންނަށް ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ދިމާވާ ތަފާތު މައްސަލަތަކާއިގުޅޭގޮތުން ކުދިންގެ ފަރާތުންނާއި އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ ޝަކުވާތަކާއި، ކޯޓުގެ ފަރާތުން އެ ތަންތަނަށް ކުރި ޒިޔާރަތްތަކުގައި ފާހަގަ ކުރެވުނު ކަންތައްތައް އޮމްބަޑްސްޕަރސަން އޮފިހާ ޙިއްސާ ކޮށް އެފަރާތުގެ ސަމާލުކަމަށް އެކަންކަން ގެނައުމާއި އެކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-01-27
Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...

Card image cap
"މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، 2022 ސެޕްޓެމްބަރު 18 އިން 19 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ "މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޝިފާއުއާއި ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ކޮން...

Card image cap
ޖުވެނައިލް ކޯޓަށް ރަޖިސްޓްރާރއެއް ހަމަޖައްސަވައިފި .

ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ހއ.މާރަންދޫ،ލަކީސްޓާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވައިފިއެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމު ހުސްވެފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު، ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 28 ނޮވެންބަރު 2021 ގައި ޢައްޔަނ...