ފުވައްމުލަކުސިޓީއާއި އައްޑޫ ސިޓީއަށް އަމާޒުކުރައްވައިގެން ބޭއްވުނު ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

Card image cap

2022 ޖޫން 19 އިން 2022 ޖޫން 23 ގެ ނިޔަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގައި ޖުވެނައިލް ކޯޓުގެ ފެސިލިޓޭޓަރުންގެ ބައިވެރިވެވަޑައިގެން ތަމްރީނު ދެއްވައިފިއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައިދެއްވީ ލީގަލް އޮފިސަރ އަލްއުސްތާޛާ ޙަޝްމާ ޙަސަން އަދި ޕްރޮބޭޝަން އޮފިސަރ ނާއިލާ ރަޝީދެވެ. މިޕްރޮގްރާމްއަކީ، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކުރައްވައިގެން ކުރިއަށް ގެންދެވި ޕްރޮގްރާމެކެވެ. އެގޮތުން، މި ޓްރެއިނިންގ ޕްރޮގްރާމުގައި ފުލުހުންނާއި މެޖިސްޓްރޭޓް ކޯޓާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ފުވައްމުލަކު ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބޭފުޅުން ބައިވެރިކުރެވިފައި ވެއެވެ. އެމުއައްސަސާތަކުން ޖުމުލަ 29 ބޭފުޅުން މި ބުރުގައި ތަމްރީނު ފުރިހަމަކުރެއްވިއެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގައި މަސައްކަތް ކުރާ، މުވައްޒަފުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި ގޮތް ނިންމާ ފަރާތްތަކުގެ އިތުރުން ކުޑަކުދިންނާ މުޢާމަލާތްކުރާ ފަރާތްތަކުގެ މައްޗަށް ފުރިހަމަ ކުރުމަށް ޤާނޫނު ނަމްބަރު 18/2019 ކުޑަކުދިންގެ އަދުލުގެ ގާނޫނުން ލާޒިމް ކޮށްފައިވާ ޓްރެއިނިން އެކެވެ.

ޕަބްލިޝްކުރި ތާރީޚް: 2022-07-02
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...