ޔޫ.އެން.އޯ.ޑީ.ސީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދާ "އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" މަސައްކަތު ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ 4 މުވައްޒަފުން ބައިވެރިވެ ތަމްރީން ލިބިގަތްފިއެވެ. 2022 ޖޫން 28 އިން 30 އަށް މާލޭގައި ކުރިއަށް ގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި ކޯޓުގެ ފަރާތުން ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝާ ސަމާ އަޙްމަދުއާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ސާޖިދާއާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ޝިނާޒާ މުޙައްމަދު ދީދީގެ އިތުރުން ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެފައި ވެއެވެ. ތިން ދުވަހުގެ މުއްދަތަށް ޔޫ.އެން.އޯ.ޑީ.ސީން ކުރިއަށް ގެންދެވި މި މަސައްކަތު ބައްދަލުވުމަކީ، ޤާނޫނާ ޚިލާފުވާ ކުދިންނަށް ޝަރުޢީ ނިޒާމުގެ ބޭރުން ފުރުޞަތު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އެކި މުއައްސަސާތަކުން ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުތަކާއި އުޞޫލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށް އަމާޒުކުރައްވައިގެން ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ.
އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...
ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...
ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...