ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް އަލުން ކުރިޔަށް ގެންދަން ފަށައިފި

Card image cap

ކޮވިޑް 19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުން، މި ހާލަތުގައި މައްސަލަތައް ކުރިޔަށް ގެންދާނެ ވަކި ގޮތްތަކެއް ހަމަޖެހެންދެން، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތަށް ކުރިޔަށް ނުގެންގޮސް މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށްގެނެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު: 10/2020/CIR/C-JSC ސަރކިއުލާއިން އަންގާފައިވާ ގޮތުގެމަތިން، އަލުން ޖުވެނައިލް ކޯޓުގައި ޝަރީޢަތްތައް ކުރިޔަށް ގެންދަން ފަށައިފިއެވެ. މި ޙާލަތުގައި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަމުން ގެންދާނީ، ''ކޮވިޑް 19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލް'' ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު ބަންދުކޮށްފައިވީނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖްލިސްތައް ބޭއްވުމާއި، ތަޙުޤީޤު މަރުޙަލާގައި ކޯޓުން ނެރެދޭންޖެހޭ އަމުރުތައް ނެރެދިނުމުގެ މަސައްކަތް ޖުވެނައިލް ކޯޓުން މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ. ''ކޮވިޑް 19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލް'' ގައި، އެޗް.ޕީ.އޭ އިން ނެރުއްވާ ކޮންމެ އެލާރޓް ލެވަލްއެއްގައިވެސް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ފާހަގަކުރެވިފައިވާނެއެވެ. އަދި ކޯޓަށް ހުށަހެޅޭ ލިޔެކިޔުންތައް ހުށަހެޅުމުގައި ވީހާވެސް ބޮޑަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކޯޓުން އެކަމަށް ޚާއްޞަކުރެވިފައިވާ އީމެއިލް އެޑްރެސްތައް މެދުވެރިކޮށް، ލިޔެކިއުންތައް ބަލައިގަތުމުގެ އިންތިޒާމްވެސް ހަމަޖެއްސިފައިވެއެވެ. ކޯޓުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވީހާވެސް ބޮޑަށް އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޝަރީޢަތްތަކަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ފޮނުވުމުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި އަދި އީމެއިލް ބޭނުންކުރަމުން ގެންދިއުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާކުރާ މައްސަލަތައް އިލެކްޓްރޯނިކްކޮށް ކޯޓަށް ފޮނުވަމުން ގެންދިއުމުގެ އިންތިޒާމްވެސް ކޯޓުގައި ޤާއިމްކުރެވިފައިވެއެވެ. ޝަރީޢަތްތަކާއި ގުޅިގެން ކޯޓަށް ހުށަހަޅާ ލިޔެކިޔުންތައް މިކޯޓުގެ [email protected] އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ. ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޯޓު ހުޅުވިފައި ހުންނާނެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2020-04-12
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...