ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ ދަށުން ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ޙާޟިރުވެ، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސް މައްސަލައެއް ނިންމާ ޙުކުމްކޮށްފި

Card image cap

ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ހަމައެކަނި ޖުވެނައިލް ކޯޓަށްކަމަށް ކަނޑައެޅުނު ފަހުން، އަތޮޅު ތެރެއިން ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ގެންދިއުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ވަފުދެއް ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ގޮސް މައްސަލައެއް ހިންގުމަށްޓަކައި ގދ. އަތޮޅަށް ދަތުރު ކުރައްވައިފިއެވެ. ޖުވެނައިލް ކޯޓުގެ ވަފުދު ގދ. އަތޮޅަށް ވަޑައިގެންފައިވަނީ 2021 އޮކްޓޯބަރު 10 ވަނަ ދުވަހުއެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ޠާޢިފާ އާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ފަޟީލާ އާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ޙަޝްމާ ޙަސަންގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރ އާޢިޝަތު ސަންޔާ އާއި ކޯޓު އޮފިސަރ ޢަބްދުﷲ މަޢުރޫފްއެވެ. 03 ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުފުޅުގައި، 04 (ހަތަރެއް) ކުއްޖެއްގެ މައްޗަށް ދަޢުވާލިބޭ މައްސަލައެއްގައި، 03 އަޑުއެހުމެއް ބާއްވައި، އެ ކުދިން އިޞްލާޙީ ޕްރޮގްރާމުގައި ބައިވެރިކުރުމާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު 01 ކޭސް ކޮންފަރެންސް ބޭއްވިފައިވެއެވެ. މި ކޭސް ކޮންފަރެންސްއަކީ މެޖިސްޓްރޭޓް ކޯޓަކަށް ޖުވެނައިލް ކޯޓުން ޙާޟިރުވެ، ޖުވަނައިލް ކޯޓުން ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ކޭސް ކޮންފަރެންސްއެވެ. މީގެ އިތުރުން، މި މައްސަލައަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން، މައްސަލަ ބަލައި ނިންމައި، ކުޑަކުދިންތަކެއްގެ މައްޗަށް ޝަރީޢަތުން ފިޔަވަޅުއަޅާފައިވާ ފުރަތަމަ މައްސަލަވެސްމެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖުވެނައިލް ކޯޓުގެ ވަފުދު މާލެ އެނބުރި ވަޑައިގެންފައިވަނީ 2021 އޮކްޓޯބަރު 13 ވަނަ ދުވަހުގެ ރޭގަޑުގެ ވަގުތެއްގައެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-10-17
Card image cap
ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޢާންމުކޮށްފި.

ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު މިއަދު ޢާންމުކޮށްފިއެވެ. މި އުޞޫލަކީ ޖުވެނައިލް ކޯޓުގައި ކުރިޔަށް ގެންދާ ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގާއިރު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮ...

Card image cap
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ ދަށުން ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ޙާޟިރުވެ، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސް މައްސަލައެއް ނިންމާ ޙުކުމްކޮށްފި.

ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ހަމައެކަނި ޖުވެނައިލް ކޯޓަށްކަމަށް ކަނޑައެޅުނު ފަހުން، އަތޮޅު ތެރެއިން ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ގެންދިއުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި.

ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު 01 ޖުލައި 2021 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 2021 ޖުލައި 01 އިން ފެށިގެން 2021 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި...