ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލުމަށްފަހު، ގެޒްޓްކުރުމަށް ފޮނުވައިފި.

Card image cap

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 114 ވަނަ މާއްދާގެ ދަށުން ޖުވެނައިލް ކޯޓުން ހަދަންޖެހޭ ގަވާއިދު އެކުލަވާލުމަށްފަހު، ގެޒެޓްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 2021 މޭ 16 ވަނަ ދުވަހު ފޮނުވައިފިއެވެ. މި ގަވާއިދުގެ ނަމަކީ "ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"އެވެ. މި ގަވާއިދު އެކުލަވާލެވިފައިވަނީ ޔުނިސެފްގެ އެހީގައި ލޯކަލް ކޮންސަލްޓަންޓެއް އައްޔަންކުރެވިގެންނެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-05-23
Card image cap
ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޢާންމުކޮށްފި.

ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު މިއަދު ޢާންމުކޮށްފިއެވެ. މި އުޞޫލަކީ ޖުވެނައިލް ކޯޓުގައި ކުރިޔަށް ގެންދާ ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގާއިރު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮ...

Card image cap
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ ދަށުން ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ޙާޟިރުވެ، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސް މައްސަލައެއް ނިންމާ ޙުކުމްކޮށްފި.

ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ހަމައެކަނި ޖުވެނައިލް ކޯޓަށްކަމަށް ކަނޑައެޅުނު ފަހުން، އަތޮޅު ތެރެއިން ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ގެންދިއުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި.

ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު 01 ޖުލައި 2021 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 2021 ޖުލައި 01 އިން ފެށިގެން 2021 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި...