ޚަބަރު | އަލަށް ފާސްވާ ޤާނޫނުތަކާމެދު ކުޑަކުދިންގެ ކޯޓުގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެށިއްޖެ

ޕަބްލިޝްކުރި ތާރީޚް: 2010.09.26



އަލަށްފާސްކުރެވޭ ޤާނޫނުތަކާމެދު ކުޑަކުދިންގެ ކޯޓުގެ މުވައްޒަފުންގެ މެދުގައިހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެށިއްޖެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ ކުޑަކުދިންގެ ކޯޓުގައި،23 ސެޕްޓެމްބަރ2010 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިގޮތުން،ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މިޕްރޮގްރާމްގައި، އަލަށް ފާސްވާ ޤާނޫނުތަކަށް ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށްއެ ޤާނޫނެއް ހުރިހާ މުވައްޒަފުންނަށް ހުށަހަޅައިދެވެއެވެ. ޕްރެޒެންޓޭޝަންތައްޔާރުކޮށް، ހުށަހަޅައިދޭނީ، ކޯޓުގައި މަސައްކަތްކުރައްވާ ޤާނޫނީބޭފުޅުންގެ އިތުރުން، ކޯޓުގައި ތަމްރީން ހޯއްދަވަމުން ގެންދަވާމެޖިސްޓްރޭޓުންނާއި، ދަރިވަރުންނެވެ. މިއަހަރުގެ މިހާތަނަށް ފާސްކޮށްފައިވާ ޤާނޫނުތައް މިހާރުވަނީ، ހަފްތާއެއްގެ ކޮންމެ އާދީއްތަ ދުވަހުގެ20:00 އިން22:00 އަށް ޝެޑިއުލްކޮށް ނިމިފައެވެ. މިގޮތުން، ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ ކުޑަކުދިންގެ ކޯޓުގައި، މި ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެއެވެ.

 

މިޕްރޮގްރާމް ކުރިޔަށް ގެންދަންފެށުމުގެ އެއް މަޤްޞަދަކަށްވެފައިވަނީ،ސްޕްރީމް ކޯޓުގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި،އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒްގެ ވާހަކަ ކޮޅުގައިވެސްއަލަށް ފާސްކުރާ ޤާނޫނުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާމެދުއަލިއަޅުއްވާލައްވާ، އެކަން ފާހަގަކުރައްވާފައިވާތީ، އެކަމަށްވެސްކުޑަކުދިންނާބެހޭ ކޯޓުން އެއްބާރުލުންދިނުމުގެ ގޮތުންނެވެ.

 

މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވާހަކަދެކެވި މަޝްވަރާކުރެވިފައިވަނީ،"ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫން" އަށެވެ. މި ޤާނޫނު ހުށަހަޅުއްވައިދެއްވީ، ކުޑަކުދިންގެ ކޯޓުގައި މިހާރު ތަމްރީން ފުރިހަމަކުރައްވަމުންގެންދަވާ، ދ.ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަޙުމަދު ޢާމިރެވެ.