ޚަބަރު | އަސީލްގެ މަރުގެ މައްސަލައާ ގުޅިގެން އިތުރު ދެ ޚަބީރެއްގެ ރައުޔު ނަގައިފި.

ޕަބްލިޝްކުރި ތާރީޚް: 2015.09.14



23 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރެއިން ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު ތައްޔާރުކޮށްފައިވާ ޚަބީރެއްގެ ރައުޔާއި، އަސީލް އަޙްމަދުގެ ޑެތް ސަރޓިފިކެޓް ތައްޔާރުކުރި ޑޮކްޓަރގެ ރައުޔު މިއަދު ނަގައިފިއެވެ.

މި މައްސަލަ 16 ނޮވެންބަރ 2015 ވަނަ ދުވަހަށް ޝެޑިއުލްކުރެވިފައިވާއިރު، އެ ދުވަހުގެ މަޖިލީހުގައި، އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އެކްސްޕާރޓް އޮޕީނިއަން ނެގުމަށް ވަނީ ހަމަޖެހިފައެވެ.