ޚަބަރު | 2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބު

ޕަބްލިޝްކުރި ތާރީޚް: 2012.01.16



2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލައިލާއިރު، 2010 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމިހުރި މައްސަލަތަކާއިއެކު 2011 ވަނަ އަހަރަށް ޖުމްލަ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަކީ 177 އެވެ. އެއީ 2011 ވަނަ އަހަރު އަލަށް ކޯޓަށް ހުށަހެޅުނު 108 މައްސަލައާއި 2010 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތް 69 މައްސަލައެވެ.

 

2011 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގެ ޢަދަދަކީ 123 އެވެ. މިގޮތުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޢަދަދަށްވުރެ ކޯޓުން ނިންމުނު މައްސަލަތަކުގެ ޢަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި 2011 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި ބާކީ އޮތީ 54 މައްސަލައެވެ. މިގޮތުން އެއް އަހަރުން އަނެއް އަހަރަށް ކޯޓުގައި ނުނިމި ބާކީ ހުންނަ މައްސަލަތަކުގެ ޢަދަދު މަދުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.