ޚަބަރު | ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން ޖުވެނައިލް ކޯޓުގެ މިއަދުގެ މައްސަލަތައް ކެންސަލް ކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2012.01.17



ކޯޓުތަކުން ކުރަމުންގެންދާ އަމުރުތަކަށް ސަލާމަތީ ބާރުތަކުންނާއި، ތަންފީޒީ ބާރުތަކުން ތަބާނުވުމާއި، ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންގެންދާތީ، ޖުވެނައިލް ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފިއެވެ. އަދި ކުރިއަށް ޝެޑިއުލް ކޮށްފައިވާ މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތަކާއިބެހޭގޮތުން ކޯޓުން ދަނީ މަޝްވަރާކުރަމުންނެވެ.