ޚަބަރު | ކުށްކުރާ ކުޑަކުދިން ބައިތިއްބާފައިތިބޭ ދޫނިދޫ ޖަލަށް ޖުވެނައިލް ކޯޓުން ޒިޔާރަތްކޮށްފި.

ޕަބްލިޝްކުރި ތާރީޚް: 2016.11.13



ތަފާތު ކުށްތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ ކުޑަކުދިން ބައިތިއްބާފައި ތިބޭ މަރުކަޒުތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން، 23 އޮގަސްޓު 2016 ވީ އަންގާރަ ދުވަހު، ދޫނިދޫގައި ކުޑަކުދިން ބައިތިއްބާފައި ތިބޭ ޖަލަށް ޖުވެނައިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ޒިޔާރަތްކޮށް، ޖަލުގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދަވާ އިސްފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ. މިމަޝްވަރާތަކުގައި، ޖަލުގައި ކުޑަކުދިން ބޭތިއްބުމުގައި މިވަގުތު ހުރި ދަތިތަކާއި އެކަންތައްތައް ޙައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި ހަމައެހެންމެ އެކި ކުށްކުށުގެ ތުހުމަތުގައި ޖަލުގައި މިވަގުތު ތިބި ކުޑަކުދިންނާ ބައްދަލުކޮށް، އެކުދިން ބައިތިއްބާފައިތިބޭ ތަންތަނުގެ ޙާލަތު ބަލާލެވިފައިވެއެވެ.