ޚަބަރު | ޖުވެނައިލް ކޯޓަށް އިސް ޤާޟީއަކު އައްޔަންކުރައްވައިފި.

ޕަބްލިޝްކުރި ތާރީޚް: 2018.05.29



ޖުވެނައިލް ކޯޓުގެ އިސްޤާޟީގެ މަޤާމަށް ޏ.ފުވައްމުލަކު، ދިގުވާޑު ، މުނިޔާގެ، އަލްއުސްތާޛު ސަޢީދު އިބްރާހީމް، 28 މެއި 2018 ވަނަދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އައްޔަންކުރައްވާފައެވެ. އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު ސަޢީދު އިބްރާހީމް ޢައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޖުވެނައިލް ކޯޓުގެ ޤާޟީގެ މަޤާމުގައެވެ.

ޖުވެނައިލް ކޯޓުގެ އިސްޤާޟީގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ކުރިން ހުންނެނި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، 26 މާރިޗު 2011 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ.