ޚަބަރު | 2019 ވަނަ އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.02.25



ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމްކޮށް ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. 21 ފެބުރުވަރީ އިން 22 ފެބުރުވަރީ 2019 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މަހާސިންތާގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމް އާއި އަލްއުސްތާޛް މުޙައްމަދު ޢީސާފުޅުއެވެ.  

މިމަހާސިންތާގައި ޝަރީޢަތް ހިންގުމުގައި ކޯޓުތަކަށް ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުންނާއި، އަލަށް ފާސްކުރެވޭ ޤާނޫނުތަކަށް ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން އަހުލުވެރިކުރުވުމާއި އެޤާނޫނުތަކާ ގުޅޭގޮތުން އެކުލަވާލަންޖެހޭ ޤަވާޢިދުތައް އެކުލަވާލުމާއި، ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ ޖަދުވަލުތަކުގައި މިހާރު ހުރި ފޯމުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެވިފައިވެއެވެ. އަދި މިމަހާސިންތާގައި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމާއި، ޝަރީޢަތަށް ހުށަހެޅުމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއެކު ޝަރުޢީ ދާއިރާއިން މަޝްވަރާކޮށްފައިވެއެވެ.