ޚަބަރު | ކްރިމިނަލް ޖަސްޓިސް ސެކްޓަރ ސިމްޕޯސިއަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.02.25



24 ފެބުރުވަރީ 2019 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންތިޒާމްކޮށް ކުރިޔަށް ގެންދެވި ''ކްރިމިނަލް ޖަސްޓިސް ސެކްޓަރ ސިމްޕޯސިއަމް''ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިސިމްޕޯސިއަމްގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އާއި އެސިސްޓެންޓް ލީގަލް އޮފިސަރުން ކަމުގައިވާ ފާޠިމަތު ސާޖިދާ އާއި ފާޠިމަތު ޝިނާޒާ މުޙައްމަދު ދީދީ އާއި ހަޝްމާ ޙަސަންއެވެ.

މިސިމްޕޯސިއަމްގައި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި މިހާރު ދިމާވަމުންދާ މައްސަލަތަކާއި، އެކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ ކޯޓުގެ ފަރާތުން މަޝްވަރާކުރެވިފައިވެއެވެ. އަދި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާއި، ވަކިން ޚާއްޞަކޮށް ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަޙުޤީޤުތައް އަވަހަށް ނިންމުމަށާއި، އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަޙުޤީޤުތައް ކުރިޔަށް ގެންދިއުމުގެ މުހިއްމުކަމާގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.