ޚަބަރު | ޖުވެނައިލް ކޯޓުން ޕްރޮސެކިއުޓަރުންގެ މަހާސިންތާގައި ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.06.18



2019 ޖޫން 15 އިން ފެށިގެން 2019 ޖޫން 17 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމްކޮށް ކުރިޔަށް ގެންދެވި ޕްރޮސެކިއުޓަރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. ޖުވެނައިލް ކޯޓުގެ ފަރާތުން މި މަހާސިންތާގައި ބައިވެރިވީ، ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމްއާއި އެސިސްޓެންޓް ލީގަލް އޮފިސަރުން ކަމުގައިވާ ސަލްމާ އަޙްމަދާއި، ފާޠިމަތު ސާޖިދާއާއި ޝިނާޒާ މުޙައްމަދު ދީދީއެވެ.

      މިމަހާސިންތާގައި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމާއި އަދި ޝަރީޢަތް ހިންގުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސެކިއުޓަރުންނާ ކޯޓުގެ ފަރާތުން މަޢުލޫމާތު ޙިއްޞާކޮށް، އެކަންކަން ޙައްލުކުރުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.