ޚަބަރު | ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގެ 27 ވަނަ ބުރުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2019.10.30



2019 އޮކްޓޫބަރު 20 އިން 2019 އޮކްޓޫބަރު 24 ގެ ނިޔަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގެ 27 ވަނަ ބުރުގައި ފެސިލިޓޭޓަރުންގެ ގޮތުން ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައިދެއްވީ ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާ އެވެ.

 

މިޕްރޮގްރާމަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން ރެސްޓޮރޭޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު މައުލޫމާތު ދިނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި ސްކޫލުތައް ބައިވެރިކޮށްގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި އެކި މުއައްސަސާތަކުން ޖުމްލަ 31 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.