ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 06 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2012.05.07



2012 އޭޕްރީލް މަހުގެ 22 - 26 އަށް ދ.ކުޑަހުވަދޫގައި ބޭއްވުނު،ޖުވެނައިލްޖަސްޓިސް ޓްރެއިނިންގ ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެޓްރެއިނިންގެފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.މިޓްރޭނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުންބައިވެރިވެވަޑައިގެންނެވީ، ޖުވެނައިލް ކޯޓުގެ ޤާޟީ އަޙްމަދު ޝަކީލާއި،ކޯޓުގެރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މި ޓްރެއިނިންގއަކީ،ރެސްޓޮރެޓިވްޖަސްޓިސް ގެ ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާމުޖުތަމަޢަށްގެނައުމުގެ އުޞޫލުތަކާމެދު، މެޖިސްޓްރޭޓުންނާއި،އަތޮޅުތަކުގައިމަސައްކަތްކުރަމުން ގެންދާ ޕޮލިހުންނާއި، އަތޮޅުތަކުގައިހުންނައެފް.ސީ.އެސް.ސީ ތަކުގައި މަސައްކަތްކުރަމުންގެންދާ ސޯޝަލްވޯކަރުންތަމްރީނުކުރުމަށްޓަކައި ބޭއްވުނު ޓްރެއިނިންގ އެކެވެ. މިގޮތުން،ކުށްކުރާކުޑަކުދިންގެ މައްސަލަތަކުގައި ކޯޓުގައި ޢަމަލުކުރަމުންދާގޮތުގެމަޢުލޫމާތާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައިރިޢާޔަތްކުރަމުންގެންދާ، ޤަވާޢިދެއްކަމުގައިވާ، " ކުޑަކުދިން ކުރާކުށުގެމައްސަލަތައްބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށްއަދަބުދިނުމުގައިޢަމަލުކުރާނެގޮތުގެ ޤަވާޢިދު " ގައިވާ ބައިތައްއޮޅުންފިލުވައިދެވުނެވެ.

 

މިޓްރެއިނިންގގައި ފެސިލިޓޭޓަރުންގެއިތުރުން، ޓްރެއިނިންގގެ ބައިވެރިންގެގޮތުގައި ޖުވެނައިލް ކޯޓުގެ ދެމުވައްޒަފުންކަމުގައިވާ ކޯޓުއޮފިސަރޙުސައިން ނަޝީދާއި، އެޑްމިނިސްޓްރޭޓިވްއޮފިސަރ ޝިމްނާ ޙަސަންބައިވެރިވެވަޑައިގެންނެވިއެވެ.