ޚަބަރު | ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2019.12.02



ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު ފަހު ރިސެސް މިއަދު 01 ޑިސެންބަރު 2019 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު ފަހު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 01 ޑިސެންބަރު 2019 އިން ފެށިގެން 20 ޑިސެންބަރު 2019 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ޝަރީޢަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުންފަދަ އެންމެހައި މަސައްކަތްތަކާއި އަދިވެސް ބައެއް މުހިއްމު އެހެނިހެން މަސައްކަތްތައްކުރުން ހިމެނެއެވެ.