ޚަބަރު | ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2019.12.09



ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑެމީ އިން އިންތިޒާމްކޮށްގެން، 2019 ނޮވެންބަރު 24 އިން 2019 ނޮވެންބަރު 28 އަށް ލ. އަތޮޅުގައި ކުރިޔަށް ގެންދެވި، ''ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރު'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.

 

މިސެމިނާރަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުކުރުވުމަށާއި، ނިޒާމު ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ މުއަޙަދާތަކާއި މިންގަނޑުތަކުގައި އެކަށައަޅާފައިވާ އުޞޫލުތައް ދެނެގަނެ ތަޖުރިބާ ޙިއްޞާކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސެމިނާރެކެވެ. މިސެމިނާރުގައި ލ. އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އަތޮޅު ކައުންސިލާއި ސްކޫލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުވެނައިލް ކޯޓުގެ ފަރާތުން މިސެމިނާރުގައި މަޢުލޫމާތު ދެއްވީ ކޯޓުގެ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރާއި ސީނިއަރ ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާ އެވެ.