ޚަބަރު | 2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2020.02.21



މިމަހާސިންތާގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ދައުރާއި ޑައިވަރޝަންގެ މުހިއްމުކަމާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ސިއްރު ހެކިބަސް ނެގުމުގައި ދިމާވާ ދަތިތަކާއި، ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، މެދުކެނޑުމެއް ނެތި ޝަރީޢަތްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މި މަހާސިންތާގައި ޝަރުޢީ މަރުހަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ފަނޑިޔާރުން މަޝްވަރާކޮށްފައިވެއެވެ.

މިމަހާސިންތާގައި ޖުވެނައިލް ކޯޓުން ކުރިޔަށް ގެންދިޔަ ސެޝަން ނަންގަވައިދެއްވީ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރު އެވެ.