ޚަބަރު | ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލުމަށްފަހު، ގެޒްޓްކުރުމަށް ފޮނުވައިފި.

ޕަބްލިޝްކުރި ތާރީޚް: 2021.05.23



ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 114 ވަނަ މާއްދާގެ ދަށުން ޖުވެނައިލް ކޯޓުން ހަދަންޖެހޭ ގަވާއިދު އެކުލަވާލުމަށްފަހު، ގެޒެޓްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 2021 މޭ 16 ވަނަ ދުވަހު ފޮނުވައިފިއެވެ. މި ގަވާއިދުގެ ނަމަކީ "ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"އެވެ. މި ގަވާއިދު އެކުލަވާލެވިފައިވަނީ ޔުނިސެފްގެ އެހީގައި ލޯކަލް ކޮންސަލްޓަންޓެއް އައްޔަންކުރެވިގެންނެވެ.