ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 07 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2012.06.19



2012 މެއި މަހުގެ 27 - 31 އަށް ކ.މާލޭގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 07 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މި ޓްރެއިނިންގގައި  ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ޖުވެނައިލް ކޯޓު ހިންގުމާއި ޙަވާލުވެހުރި ޤާޟީ މުޙައްމަދު ނަޢީމްއާއި، ކޯޓުގެ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މިޓްރެއިނިންގއަކީ، ރެސްޓޮރެޓިވް ޖަސްޓިސް ގެ ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، ޑްރަގް ކޯޓުގެ ޤާޟީންނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުންނާއި، ޑީ.ޕީ.އާރު.އެސް ގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގައި މަސައްކަތްކުރަމުންގެންދާ ސޯޝަލް ވޯކަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ޔުނިޓްތަކުގައި މަސައްކަތްކުރާ ފުލުހުން ތަމްރީނުކުރުމަށްޓަކައި ބޭއްވުނު ޓްރެއިނިންގ އެކެވެ. މިގޮތުން، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި ކޯޓުގައި ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ރިޢާޔަތް ކުރަމުންގެންދާ، ޤަވާޢިދެއްކަމުގައިވާ، " ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައްބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު " ގައިވާ ބައިތައް އޮޅުންފިލުވައިދެވުނެވެ.

 

މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ އިތުރުން، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ދެ މުވައްޒަފުންކަމުގައިވާ އެސިސްޓެންޓް ލީގަލް އޮފިސަރ ސަލްމާ އަޙްމަދާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު ޝައިލަމް ބައިވެރިވެވަޑައިގެންނެވިއެވެ.