ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 08 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2012.07.02



2012 ޖޫން މަހުގެ 24 - 28 އަށް ޏ.ފުވައްމުލަކުގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 08 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މި ޓްރެއިނިންގގައި  ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ޖުވެނައިލް ކޯޓު ހިންގުމާއި ޙަވާލުވެހުރި ޤާޟީ މުޙައްމަދު ނަޢީމްއާއި، ކޯޓުގެ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މި ޓްރެއިނިންގއަކީ، ރެސްޓޮރެޓިވް ޖަސްޓިސް ގެ ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، މެޖިސްޓްރޭޓުންނާއި، އަތޮޅުތަކުގައި މަސައްކަތްކުރަމުން ގެންދާ ޕޮލިހުންނާއި، ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި،  ސްކޫލްތަކުގެ ދަރިވަރުންނާއި، އެފް.ސީ.އެސް.ސީ ތަކުގައި މަސައްކަތްކުރަމުންގެންދާ ސޯޝަލް ވޯކަރުން ތަމްރީނުކުރުމަށްޓަކައި ބޭއްވުނު ޓްރެއިނިންގ އެކެވެ. މިގޮތުން، ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގައި ކޯޓުގައި ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ރިޢާޔަތް ކުރަމުންގެންދާ، ޤަވާޢިދެއްކަމުގައިވާ، " ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައްބަލައި، ތަޙުޤީޤުކޮށް، އިންސާފުކޮށް، އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު " ގައިވާ ބައިތައް އޮޅުންފިލުވައިދެވުނެވެ.

 

މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ އިތުރުން، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ދެ މުވައްޒަފުންކަމުގައިވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ ސަލްމާ އިބްރާހީމްއާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙަސަން ޒަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.