ޚަބަރު | ދަޢުވާ ހުށަހަޅާ ފޯމުގައިވާ ވަކީލުގެ ބަދަލުގައި ވަޑައިގަންނަވާ ވަކީލުން، ބަދަލު ހަމަޖެއްސެވިކަމުގެ ލިޔުން ހުށަހެޅުއްވުމުން ނޫނީ، ކޯޓުން ބަލައިނުގަތުމަށް ނިންމައިފި

ޕަބްލިޝްކުރި ތާރީޚް: 2011.04.21



ދައުލަތުންދަޢުވާ ކުރައްވާ މައްސަލަތަކުގައި ދަޢުވާ ހުށަހަޅުއްވާ ފޯމުގައިބަޔާންކޮށްފައިވާ ވަކީލުގެ ބަދަލުގައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށްޙާޟިރުވެވަޑައިގަންނަވާ ވަކީލުން ވަޑައިގަންނަވާއިރު، ބަދަލު ހަމަޖެއްސެވިކަމުގެ ލިޔުން ހުށަހެޅުއްވުމުން ނޫނީ07 އޭޕްރީލް2011 އިން ފެށިގެން އެފަދަ ވަކީލުން ޖުވެނައިލް ކޯޓުން ބަލައި ނުގަތުމަށް ހަމަޖައްސައިފިއެވެ. މިގޮތަށްހަމަޖައްސަންޖެހުނީ އެފަރާތްތަކަށް ބަދަލު ހަމަޖެއްސި ލިޔުމާއިނުލައިވަކީލުން ވަޑައިގަތުމުން، މައްސަލައާއިގުޅިގެން ކޯޓުން ފުރިހަމަކުރަންޖެހޭލިޔެކިއުންތައް ފުރިހަމަކުރުމުގައާއި، ރެކޯޑިންގ ބަޔާންތައްތައްޔާރުކުރުމުގައި ދަތިތަކަކާއި ކުރިމަތިވަމުންދާތީއެވެ. އެހެންކަމުންދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ވަކީލު ނޫން އެހެން ވަކީލަކުމައްސަލައެއްގައި ކޯޓަށް ވަޑައިގަންނަވާނަމަ، އެއީ ކޮން ބޭފުޅެއްކަމާއި،އެބޭފުޅަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ފޮނުއްވަވާ ބޭފުޅެއްކަންއެނގޭނެ ލިއުމެއް ކޯޓަށް ހުށަހެޅުއްވުމުން ނޫނީ އެފަދަ ވަކީލުންޖުވެނައިލް ކޯޓުން ބަލައިނުގަތުމަށްވެސް ވަނީ ނިންމާފައެވެ.