ޚަބަރު | ޖުވެނައިލް ކޯޓުގެ ފަރާތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތެއްކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2012.08.05



ޖުވެނައިލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖުވެނައިލް ކޯޓުގެ ފަރާތުން،01 އޯގަސްޓް2012 ވަނަ ދުވަހު، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތެއްކޮށްފިއެވެ. މިޒިޔާރަތަކީ ޖުވެނައިލް ކޯޓުގެ އަހަރީދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަރަކާތެވެ. އަދި މިއީ މިގޮތުން ހިންގުނު ފުރަތަމަ ޙަރަކާތްވެސްމެއެވެ.

 

ކުޑަކުދިންގެ ހިޔާއަށް ކުރި މިޒިޔާރަތުގައި ޖުވެނައިލް ކޯޓުގެ16 މުވައްޒަފަކު ބައިވެރިވިއެވެ. އޭގެތެރޭގައިކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޤާޟީ މުޙައްމަދު ނަޢީމްއާއި އަހަރީދުވަހުގެ ޕްރޮގްރާމްތަކުގެ ވިލަރެސްވެރިޔާ ޤާޟީ އަޙްމަދު ޝަކީލާއި ކޯޓުގެރެޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރާއި، ކޯޓު އެޑްމިނިސްޓްރޭޓަރ އާދަމްޙަސަން ޙުސައިންއާއި އެސިސްޓެންޓް ޑިރެކްޓަރ ޒަހީރާ އަޙްމަދު ހިމެނިވަޑައިގެންނެވިއެވެ.

 

މިޒިޔާރަތުގައި ކޯޓުގެ ފަރާތުން ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި57 ކުދިންނަށް ހަދިޔާ ދިނުމާއި، އެކުދިންގެ ހާލުއަޙްވާލު އޮޅުންފިލުވައި އެކުދިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުން އޮތެވެ. އަދިތަނުގައި އިސްކޮށް ތިއްބެވި މުވައްޒަފުންނާއި ބައްދަލުކޮށް،ކުދިންނާއިބެހޭ ގޮތުންނާއި، ތަނުގައި ހުރި ވަޞީލަތްތަކާއި، ފޯރުކޮށްދޭޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުނެވެ.

 

މީގެ އިތުރަށްވެސް އަހަރީދުވަހުގެ މުނާސަބަތާއި ގުޅިގެން01 މަސްދުވަހަށް ހިންގާ ޙަރަކާތްތަކެއްގެ ގޮތުގައި ގިނަ ޙަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައިލީފްލެޓް ލިޔުމާއި، ސްކޫލް ކުދިންނަށް މަޢުލޫމާތު ދިނުމަށް ސެޝަންތަކެއްބޭއްވުމާއި، ޖަލަށް ޒިޔާރަތްކުރުމާއި، އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުންހިމެނެއެވެ.