ޚަބަރު | ކުށްކުރާ ދެޖިންސްގެ ކުދިން ބޭތިއްބުމަށް އިޞްލާޙީ މަރުކަޒެއް ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރ، ނުވަތަ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރުމާއި ގުޅޭގޮތުން ޖުވެނައިލް ކޯޓުން އިސްނަގައިގެން ކަމާގުޅޭ ދާއިރާތަކާއިއެކު 31 އޮކްޓޯބަރ 2013 ވަނަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޕަބްލިޝްކުރި ތާރީޚް: 2013.11.07



މި ބައްދަލުވުމުގައި މައިގަނޑު ގޮތުގައި މަޝްވަރާ ކުރެވުނީ3 ނުކުތާއެއްގެ މައްޗަށްކަމަށާއި، މިގޮތުން:

 

  1. "ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤްކޮށް އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ17 ވަނަ މާއްދާގެ(ށ) ގެދަށުން، ޙުކުމްކުރެވޭ ކުދިން އިޞްލާހްކޮށް އަނބުރާ މުޖުތަމަޢަށްގެނައުމަށްޓަކައި އިސްލާޙީ މަރުކަޒުތަކެއް ޤާއިމްކޮށްފައިނުވާތީ،ޙުކުމްތަންފީޛުކުރާ ކުދިން ބައިތިއްބާނެ ތަނެއް ކަނޑައެޅުމާބެހޭގޮތުންނާއި،
  2. ޤާނޫނު ނަންބަރު17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ47 ވަނަ މާއްދާގެ(ހ) ގެ3 ވަނަނަންބަރުގައި ބަޔާންކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަންސެންޓަރެއް ޤާއިމްކޮށްފައިނުވާތީ، އެކަމާއިގުޅޭގޮތުންނާއި،
  3. ޤާނޫނު ނަންބަރު12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނުނު) ގެ48 ވަނަމާއްދާގައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދަންޖެހޭ ޚާއްޞަ ގޮތްތަކެއްބަޔާންކޮށްފައިވާއިރު، އަދި އެމާއްދާ ތަރުޖަމާކޮށް، ދިވެހިރާއްޖޭގެސުޕްރީމް ކޯޓުގެ ނަންބަރު2011/9 ޢާންމުސިޓީން ކަނޑައަޅާފައިވާ އުޞޫލުގެ މައްޗަށް ބަލައި، ޤާނޫނީ އިމުގެ ތެރެއިންކުޑަކުއްޖެއްގެ ހެކިބަސްނެގޭނެ އިންތިޒާމެއް ހަމަޖެއްސުމާބެހޭގޮތުންމަޝްވަރާކުރެވިފައިވެއެވެ.

 

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި: ކުށްކުރާދެޖިންސުގެ ކުދިން ބޭތިއްބުމަށް ޤާނޫނާއި، ޤަވާޢިދުތަކުގައިބަޔާންކޮށްފައިވާ މަރުކަޒު ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރ ނުވަތަރީހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން އެކުދިންނަށްއިޞްލާޙީ ޕްރޮގްރާމްތައް ނުހިންގި، ޙުކުމްކުރެވޭ ކުދިން އިޞްލާޙްކޮށްއަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި އެކުދިން ބައިތިއްބަންޖެހޭމަރުކަޒުތައް ވުޖޫދަށް ގެނެވިފައިނުވާތީ، ހުރިހާ މުއައްސަސާއަކުންވެސްކަންބޮޑުވުމުން ފާޅުކޮށް، އެފަދަ ސެންޓަރުތައް ޤާއިމްކުރުމަށްޓަކައި ހުރިހާމުއައްސަސާއެއް ގުޅިގެން އެންމެ މަތީލެވެލްގައި މަސައްކަތްކުރުމަށް ވާހަކަދެކެވުނެވެ. އަދިމަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައިކުޑަކުދިންނަށް ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރެއްޤާއިމްކުރެވިފައިނުވާ ކަމަށާއި، އެކަމަށްޓަކައި މިހާރުވެސް ގިނަގުނަމަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، މިސެންޓަރ ޤާއިމްކުރުމަށްޓަކައިނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑާއި، ސަރުކާރުގެ ކަމާއިބެހޭ އެހެނިހެންމުއައްސަސާތަކާއިއެކު އިތުރަށް މަޝްވަރާކޮށް، އަވަސް މުސްތަޤުބަލެއްގައިސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްކުރެވޭތޯ ބަލަމުންގެންދާކަމަށް ނޭޝަނަލްޑްރަގް އޭޖެންސީން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޢުމުރުން18 އަހަރުނުވާކުޑަކުދިންގެ ހެކިބަސް ނެގޭނެ އިންތިޒާމް އަދި ޤާއިމްކުރެވިފައިނެތްނަމަވެސް، ކުޑަކުދިންގެ ހެކިބަސް ޤާނޫނުގައި ބަޔާންކޮށްފައިވާފަދަމާޙައުލެއްގައި ނެގުމަށްޓަކައި އެފަދަ ތަނެއް ޤާއިމްކުރުމަކީމުހިންމުކަމެއް ކަމަށާއި، އެގޮތުން އެކަންކުރަންޖެހޭނެ ގޮތަކާއި ބެހޭގޮތުންކަމާއިގުޅޭ މުއައްސަސާތަކުގެ އެންމެ އިސްވެރިން ގޮތެއް ކަނޑައެޅުންމުހިންމުކަމަށާއި، އަދި އެފަދަ ތަނެއް އަވަސް މުސްތަޤުބަލެއްގައިޤާއިމްކުރުމަށް މަސައްކަތްކުރުމާމެދު ވާހަކަ ދެކެވުނެވެ.

 

މިބައްދަލުވުމުގައި ވާހަކަ ދެކެވި ނިންމުނު ކަންތައްތަކުގެ ތެރޭގައިކުށްކުރާ ދެޖިންސުގެ ކުދިން ބޭތިއްބުމަށް ޤާނޫނާއި، ޤަވާޢިދުތަކުގައިބަޔާންކޮށްފައިވާ މަރުކަޒު ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރ ނުވަތަރީހެބިލިޓޭޝަން ސެންޓަރާއި، ކުޑަކުދިންގެ ހެކިބަސް ނެގޭނެ އިންތިޒާމްހަމަޖެއްސުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒްއާއި، މިނިސްޓްރީ އޮފްޖެންޑާ ފެމެލީ އެންޑް ހިއުމަން ރައިޓްސްއިން، ގުޅިގެން ކަމާއިބެހޭމުއައްސާސާތަކާއިއެކު މަޝްވަރާކޮށް، އެ ސެންޓަރުތައް ޤާއިމްކުރުމަށްޓަކައިކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރިހާފަރާތްތަކުންވެސް އެއްބަސް ވެފައިވެއެވެ. އަދިނޭޝަނަލް ޑްރަގް އޭޖެންސީއިން، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަންސެންޓަރ ޤާއިމްކުރުމަށްޓަކައި އެތަނުގެ ބޯޑާއި، ކަމާއި ގުޅުންހުރިމުއައްސަސާތަކާއެކު މަޝްވަރާކޮށް، އެސެންޓަރުތައް2014 ވަނައަހަރުގެ ޖޫން މަހުގެ ކުރިން ވުޖޫދަށް ގެނައުމަށްޓަކައި ކުރަންޖެހޭއެންމެހާ މަސައްކަތްތައް ކުރުމަށްވެސް ބައްދަލުވުމުގައި ބައިވެރިވިފަރާތްތަކުން އެއްބަސްވެފައިވެއެވެ. މީގެއިތުރުން އިސްވެދެންނެވުނު މަރުކަޒުތަކާއި ސެންޓަރުތަކުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ޕްރޮގްރެސް ބެލުމަށްޓަކައި2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމާގުޅޭ މުއައްސަސާތަކާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ. އަދި މިބައްދަލުވުމުގައި2014 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހަށްފަހު ކޯޓުން ޙުކުމްކޮށް ނިންމާމައްސަލަތަކުގައާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންޤަވާޢިދުގައި ބުނެފައިވާ ގޮތުގެ މަތީން މަރުކަޒުތަކުގައި ބައިތިއްބާ ގޮތަށްއަމުރު ނެރެން ފެށުމަށް ކޯޓުން ތައްޔާރުވަމުން ދާކަން ބައްދަލުވުމުގައިބައިވެރިވި މުއައްސަސާތަކާ ޙިއްސާކުރެވިފައިވެއެވެ.

 

މިބައްދަލުވުމުގައިބައިވެރިވެފައިވަނީ ޖުވެނައިލް ކޯޓުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރފެމެލީ އެންޑް ހިއުމަން ރައިޓްސް އާއި މިނިސްޓްރީ އޮފް ހޯމްއެފެއަރޒާއިޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑިޕާޓްމަންޓްއޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްއާއި ނޭޝަނަލް ޑްރަގްއޭޖެންސީއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންނެވެ.