ޚަބަރު | 01 މެއި 2011 އިން ފެށިގެން މިކޯޓުގައި ހިންގާ މައްސަލަތަކުގެ ތެރެއިން މައްސަލަ ބާއްވާ ތާރީޚާއި ހަމައަށް 18 އަހަރު ނުފުރޭ ކުދިންގެ މައްސަލަތަކަށް ޖޭ.ޖޭ.ޔޫއިން ޙާޟިރުނުވާނަމަ އެ މައްސަލަތައް ނުބަލާގޮތަށް ހަމަޖައްސައިފި

ޕަބްލިޝްކުރި ތާރީޚް: 2011.04.24



01 މެއި2011 ވަނަ ދުވަހުން ފެށިގެން، މި ކޯޓުގައި ބެލެމުންދާ މައްސަލަތަކުގެ ތެރެއިން، މައްސަލައިގެ ޝަރީޢަތް ބާއްވާ ދުވަހާއި ހަމައަށް ޢުމުރުން18 އަހަރުނުފުރޭ ކުދިންގެ މައްސަލަތަކަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ބޭފުޅުންޙާޟިރު ނުވާނަމަ، އެ މައްސަލަތައް ނުބަލާގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށްހަމަޖައްސަންޖެހުނު ސަބަބަކީ، ދައުލަތުގެ ފަރާތުން މިކޯޓަށް ހުށަހަޅާމައްސަލަތަކުގެ ޝަރީޢަތް ހިންގުމަށްޓަކައި ޝަރީޢަތުގެ މަޖިލީހަށްޙާޟިރުވާންޖެހޭ ފަރާތްތައް ހާމަކޮށް،"ކުޑަކުދިންގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންޞާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ15 ވަނަ މާއްދާގެ(ހ) ގައި"ކުޑަކުއްޖަކުކުރާ ކުށަކާބެހޭ މައްސަލަ ޝަރީޢަތުން ބަލާއިރު، ޝަރީޢަތުގެ މަޖިލީހަށް،އެކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ އަދި ކުޑަކުދިންގެޙައްޤުތަކާބެހޭ ޔުނިޓުގެ ފަރާތުން މީހަކު ޙާޟިރުވާންވާނެއެވެ." މިހެން އޮންނާތީއާއި، އަދި އެ މާއްދާގެ(ށ) ގައި"މި މާއްދާގެ(ހ) ގައިބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ މަޖިލީހަށް ކުއްޖާގެ ބަލަދުވެރިޔާނުވަތަ ބެލެނިވެރިޔާއަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން، އެފަރާތުންމަޤުބޫލު ޢުޒުރެއްނެތި ޙާޟިރު ނުވެއްޖެނަމަ، އޭގެފަހުން ބޭއްވޭ ޝަރީޢަތުގެމަޖިލީސްތަކުގައި ކުއްޖާއާބެހޭ ކަންތައް ބަލަހައްޓާނީ ކުޑަކުދިންގެޙައްޤުތަކާބެހޭ ޔުނިޓުގެ ފަރާތުން ޙާޟިރުވާ މީހެކެވެ." މިގޮތަށްއޮންނާތީ، މިކަންކަމުގެ މައްޗަށް ބަލާއިރު، ކުޑަކުދިންގެ މައްޗަށް ހިންގޭޝަރީޢަތްތަކަކީ، ބޮޑެތި މީހުންގެ ޝަރީޢަތްތައް ހިންގޭ މާޙައުލާއި ތަފާތުމާޙައުލެއްގައި، އަދި ކަމާއިބެހޭ ފަރާތްތަކުގެ ޙާޟިރުގައި ކުއްޖާގެމަޞްލަޙަތު ޙިމާޔަތްކުރެވޭގޮތުގެމަތިން، އެފަރާތްތަކުގެ ބެލުމުގެދަށުންހިންގަންޖެހޭ މައްސަލަތަކަކަށްވާތީ، ކުޑަކުއްޖެއްގެ މައްޗަށް ޝަރީޢަތްހިންގާއިރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޔުނިޓުގެ ބޭފުޅަކު ނެތި ޝަރީޢަތްހިންގުމަށް ޤާނޫނު ތަންނުދޭތީއެވެ.