ޚަބަރު | 15 ޖުލައި 2013 ވަނަ ދުވަހު ލ. އަތޮޅުގައި ހިނގައިދިޔަ މަރުގެ ޙާދިސާއާ ގުޅިގެން ޓެރަރިޒަމްގެ ދަޢުވާއެއް ޖުވެނައިލް ކޯޓަށް ހުށަހެޅިއްޖެ

ޕަބްލިޝްކުރި ތާރީޚް: 2014.03.16



15 ޖުލައި 2013 ވަނަދުވަހު ލ. ގަންސިނާއީމަގުގައި، ލ. ގަން ތުނޑިވުޑްލޭންޑް އަޙުމަދު ނިޒާރުއަށް ބަޔަކުމީހުން ޙަމަލާދިނުމުގެ ސަބަބުން އަޙުމަދުނިޒާރު ނިޔާވި މައްސަލައާއި ގުޅިގެންކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެދަޢުވާ ޖުވެނައިލް ކޯޓަށް ހުށަހަޅައިފިއެވެ.

 

09 މާރިޗު 2013 ވަނަދުވަހު ދައުލަތުން ހުށަހަޅާފައިވާދަޢުވާގައިބުނެފައިވަނީ، ދަޢުވާލިބޭކުއްޖާ އިތުރު ބަޔަކާއެކު،15 ޖުލައި 2013 ވަނަ ދުވަހުގެ 02:23 އެހައިކަންހައިއިރު،ލ. ގަންތުނޑި ވުޑްލޭންޑް އަޙުމަދު ނިޒާރު ލ. ގަން ސިނާއީމަގުންދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް،އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަޙައްދާ ކައިރިން، މި މީހުންލަކުޑިބުރިއާއި ދަގަނޑުބުރިން އަޙުމަދުނިޒާރުއަށް ޙަމަލާދީފައިވާތީއާއި،އަޙުމަދު ނިޒާރުއަށް ދެވުނު ޙަމަލާގެސަބަބުން އަޙުމަދު ނިޒާރު ނިޔާވެފައިވާތީ، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައިޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ2 ވަނަ މާއްދާގެ(ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ(ހ) ގެ ދަށުންދަޢުވާލިބޭ ކުއްޖާގެ މައްޗަށް ޓެރަރިޒަމްގެކުށުގެ ދަޢުވާ ކުރާކަމުގައެވެ.

 

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން 19 މާރިޗު 2014 ވަނަ ދުވަހުގެ 10:00 އަށްޝެޑިއުލް ކޮށްފައިވާއިރު، ދެވަނަ އަޑުއެހުން 31 މާރިޗު 2014 ވަނަ ދުވަހުގެ 10:00 އަށްވަނީ ޝެޑިއުލް ކުރެވިފައެވެ.