ޚަބަރު | ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި ބައެއް މައްސަލަތައް ހިންގަމުން ގެންދިއުމަށް ނިންމައިފި

ޕަބްލިޝްކުރި ތާރީޚް: 2011.06.06



ޖުވެނައިލްކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު، މި ހިނގާޖޫން މަހުގެ 01 އިން 09 އާއި ދެމެދު، ކޯޓުގައި އެއްވެސް މައްސަލައެއްނުހިންގައި، ހަމައެކަނި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކޯޓަށްހުށަހެޅޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރަމުންގެންދާގޮތަށް ހަމަޖައްސާފައިވީނަމަވެސް، ކުޑަކުދިންގެމައްސަލަތަކަކީ، ވީއެންމެ އަވަސް ފުރުޞަތެއްގައި ނިންމަންޖެހޭމައްސަލަތަކެއް ކަމުގައި ކަނޑައަޅާފައިވާތީއާއި، ކޯޓުގައި ޤާޟީންމަދުވުމުގެ ސަބަބުން، ރިސެސްގެ މުއްދަތުގައި މައްސަލަތައް ކުރިޔަށްގެންދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.ކޯޓުގައި ޤާޟީން މަދުވުމުގެސަބަބުން، މިއަހަރުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާމުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދަން ޖެހުނު ކަމުގައިވީނަމަވެސް،ކޯޓަށް ދިމާވެފައިވާ ޤާޟީންގެ ދަތިކަން ޙައްލުވުމުން،ކޯޓުކަލަންޑަރުގައިވާގޮތަށް މަސައްކަތްތައް ތަރުތީބުކޮށްގެން ކުރިޔަށްގެންދެވޭނެކަމަށް މި ކޯޓުން ދެކެމެވެ.