ޚަބަރު | އެޗް.އާރު.ސީ.އެމްގެ މެންބަރުން ޖުވެނައިލް ކޯޓަށް ޙާޟިރުވެއްޖެ

ޕަބްލިޝްކުރި ތާރީޚް: 2014.04.02



ހިއުމަން ރައިޓސްކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން މިއަދުގެ 10:00 އަށްޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް ފޮނުވިއަމުރާ އެއްގޮތްވާ ގޮތުގެމަތިންޖުވެނައިލް ކޯޓަށް ޙާޟިރުވެއްޖެއެވެ.

 

05 ޑިސެމްބަރ2013 ވަނަދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުންޖުވެނައިލް ކޯޓަށް ފޮނުވާފައިވާ'' ށ.ފޭދޫ15 އަހަރުގެކުއްޖަކަށްލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާގުޅިގެން ދައުލަތުގެ މުއައްސަސާތަކުންމަސައްކަތް ކޮށްފައިވާ ގޮތުގެ މައްޗަށްބަލާ ހިއުމަން ރައިޓްސް ކޮމިޝަނުންއެކުލަވާލާފައިވާ ރިޕޯޓު'' ގައި، އެމައްސަލައާއި ގުޅިގެން ކޯޓުންޢަމަލުކުރިގޮތާއި ޚިލާފަށްކަންތައްތަކެއްހިމަނާފައިވުމާއި، އެކަމުގެ ސަބަބުންކޯޓާމެދު ނުރަނގަޅު ތަޞައްވުރެއްދެވޭފަދަ ގޮތަކަށް ބައެއް ބައިތައްހިމަނާވާފައިވުމުގެ އިތުރުން، ޖުވެނައިލްކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެމާނަދޭހަވާގޮތަށް ބައެއް ޕޮއިންޓްތައްހިމަނާފައިވާތީ، އެކަންކަމާމެދުސުވާލުކޮށް އެކަން ހިނގާފައިވާގޮތްބެލުމަށްޓަކައި،17 މާރިޗް2014 ވަނަ ދުވަހުކޯޓު އަމުރުގެ ދަށުން ހިއުމަން ރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މެންބަރުންޖުވެނައިލް ކޯޓަށް ޙާޟިރުކުރެވި،ބޭއްވުނު ބައްދަލުވުމުގައި ވާހަކަދެކެވި އެއްބަސްވެވިފައިވާ ގޮތުގެމަތިން،01 އޭޕްރީލް2014 ވަނަދުވަހުގެ13:30 ގައިޖުވެނައިލް ކޯޓުގައި ބައްދަލުވުމެއްކުރިޔަށް ގެންދިއުމަށްޓަކައި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށްސިޓީއެއް ފޮނުވުނެވެ. ނަމަވެސްމަޤްބޫލް އުޒުރެއްނެތި01 އޭޕްރީލް2014 ވަނަ ދުވަހުގެބައްދަލުވުމުގައި ބައިވެރި ނުވެވޭނެކަމަށްހިއުމަން ރައިޓްސް އިން ސިޓީއަކުންޖަވާބު ދެއްވާފައިވެއެވެ. އެހެން ވުމުންމިއަދު(02 އޭޕްރީލް2014) ގެ10:00 އަށްކޯޓަށް ޙާޟިރުވުމަށް ކޮމިޝަނުގެމެންބަރުންނަށް ފޮނުވުނު ކޯޓު އަމުރާއެއްގޮތްވާ ގޮތުގެމަތިން، މެންބަރުންވަނީ ކޯޓަށް ޙާޟިވެފައެވެ.

 

ބައްދަލުވުމުގައިދެފަރާތުގެ މެދުގައި ދެކެވުނުވާހަކަތަކަށްފަހު، ހިއުމަން ރައިޓްސްކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ކޯޓުންސާފުކުރަން ބޭނުންވާ ކަންކަން ލިޔުމުންހުށަހެޅުމަށްޓަކައި، ހިއުމަން ރައިޓްސްކޮމިޝަނުގެ އެދުމުގެ މަތިން، މިއަދު(02 އޭޕްރީލް2014) ގެ15:00 ގެނިޔަލަށް އެފަރާތަށް ފުރުޞަތުދެވިފައިވެއެވެ.

 

ހިއުމަން ރައިޓްސްކޮމިޝަނުން ކޯޓަށް ހުށަހަޅާ ކަރުދާހުގައިހިމަނާފައިވާ ބައިތަކަށް ބެލުމަށްފަހުކޯޓުން އިތުރު ކަމެއް ސާފުކުރަންބޭނުންވެއްޖެ ނަމަ، އިތުރު ބައްދަލުވުމެއްކުރިޔަށް ގެންގޮސް އެކަންކަމާމެދުވާހަކަދެއްކުމަށް ދެފަރާތަށްވެސްއެއްބަސްވެވިފައިވެއެވެ.