ޚަބަރު | 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ރިސެސްއަށް ދާނެ މުއްދަތު ކަނޑައަޅައިފި

ޕަބްލިޝްކުރި ތާރީޚް: 2014.05.07



2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ރިސެސްއަށް ދާނެ މުއްދަތު ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ކަނޑައަޅައިފިއެވެ.

 

ޖުވެނައިލް ކޯޓުގެ ގަވާއިދުގެ 119 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޖުވެނައިލް ކޯޓުން 2014 ވަނަ އަހަރު ދެ ރިސެސްއަށް ދިއުމަށް ނިންމާފައިވެއެވެ. އެގޮތުން ރިސެސްއަށް ދިއުމަށް ކަނޑައަޅާފައިވާ މުއްދަތު ތަކަކީ، އަހަރު މެދު ރިސެސްގެ ގޮތުގައި، ޖޫން މަހުގެ 15 އިން 30 އަށް، ފަނަރަ ދުވަހުގެ ރިސެސްއަކަށް ދިއުމަށާއި، އަދި އަހަރު ފަހު ރިސެސްގެ ގޮތުގައި ޑިސެމްބަރު މަހުގެ 01 އިން 15 އަށް، ފަނަރަ ދުވަހުގެ ރިސެސްއަކަށް ދިއުމަށެވެ.