ޚަބަރު | 2014 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތަފާސްހިސާބު

ޕަބްލިޝްކުރި ތާރީޚް: 2014.05.13



2014 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅޭ ތަފާސްހިސާބުތަކަށް ބަލައިލާއިރު 2014 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް 38 މައްސަލަ ކޯޓަށް ހުށަހެޅިފައިވެއެވެ. 2013 ވަނަ އަހަރުގެ ބާކީގެ، 24 މައްސަލައާއެކު އެކު ޖުމްލަ 62 މައްސަލައިގެ ޝަރީޢަތް ކޯޓުގައި ހިންގާފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކާއި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ 18 މައްސަލައެއް ހުށަހެޅިފައިވާއިރު، ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ 4 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެގެ 02 މައްސަލައެއްގެ ޝަރީޢަތްވެސް ހިންގާފައިވެއެވެ. ނިމުނު މައްސަލަތަކަށް ބަލައިލާއިރު، 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 35 މައްސަލައެއް ނިންމާފައިވެއެވެ. މިގޮތުން ކޯޓުން ނިންމާފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ނިމުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ނިންމާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކާއި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ 20 މައްސަލައެއް ނިމިފައިވެއެވެ. އަދި ވައްކަމުގެ 2 މައްސަލައަކާއި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ 4 މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ 04 މައްސަލައެއް ނިންމާފައިވެއެވެ. މިހާރު ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ޢަދަދަކީ 27 އެވެ.

 

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއްނިންމުމަށްޓަކައި ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކަށްބަލައިލާއިރު، މުއްދަތާމެދު ގޮތެއް ނިންމުމަށްޓަކައި 283 މައްސަލައެއް ހުށަހެޅި 283 މައްސަލަ ނިމިފައިވެއެވެ.

 

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަންދާމެދު ގޮތެއްނިންމުމަށްޓަކައި ހުށަހަޅާ މައްސަލަތަކުގެ ތަފާސްހިސާބުތަކާއި ދެބައި އެއްކޮށް، ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޢަދަދަކީ 345 މައްސަލައެވެ. އަދި ނިމިފައިވަނީ 318 މައްސަލައެކެވެ.