ޚަބަރު | ޖުވެނައިލް ކޯޓުގައި ދީނީ ދަރުސެއް ބާއްވައިފި

ޕަބްލިޝްކުރި ތާރީޚް: 2014.07.21



ޖުވެނައިލް ކޯޓުގެ ރެކްރިއޭޝަން ކުލަބުގެ ފަރާތުން އިސްނަގައިގެން، ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް، 18 ޖުލައި 2014 ވީ ހުކުރުދުވަހުގެ ރޭ، ޖުވެނައިލް ކޯޓުގައި ދީނީ ދަރުސެއް ބާއްވައިފިއެވެ. ރަމަޟާން މަހުގެ ރޭ ތައް އިޙްޔާކުރުމުގެ ގޮތުން ބާއްވާފައިވާ ބައްދަލުވުމުގައި ދަރުސް ދެއްވަން ވަޑައިގެންނެވީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ރެކްޓަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މި ބައްދަލުވުމުގައި ދަރުސް ދެއްވާފައިވަނީ ކީރިތި ޤުރުއާނާބެހޭ ގޮތުންނެވެ. އެގޮތުން ކީރިތި ޤުރުއާނުގެ މާތްކަމާއި، ކީރިތި ޤުރުއާނުގައިވާ ބައެއް ޚާއްޞިއްޔަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، ކީރިތި ޤުރުއާނަށް މާތްކޮށް ހިތުމަށާއި އެއަށް އިޙްތިރާމް އަދާކުރުމަށާއި އެ ފޮތް ދޫކޮށްނުލާ އެފޮތުގެ ހިޔަލުގައި ތިބުމަށް ވަރަށް ބޮޑަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.

 

މިދަރުސުގައި ބައިވެރިވެފައިވަނީ ޖުވެނައިލް ކޯޓުގެ މުވައްޒަފުންނާއި ކޯޓުގެ މުވައްޒަފުންގެ ޢާއިލާތަކުގެ މެންބަރުންނެވެ.