ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 15 ވަނަ ބުރު ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2014.09.08



31އޯގަސްޓް 2014 އިން 20 ސެޕްޓެންބަރު 2014 އަށް، ށ. ފުނަދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 15ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ޖުވެނައިލް ކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛް އަޙްމަދު ޝަކީލް އާއި ޕްރޮބޭޝަން އޮފިސަރ ފާޠިމަތު ފަޟީލާއެވެ. މިޓްރެއިނިންގއަކީ، ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަޙުލުވެރިކުރުމުވުމުގެ ގޮތުން ރެސްޓޮރެޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، ހދ. ހއ. އަދި ށ އަތޮޅުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި ށ.އަތޮޅުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްފަރާތްތަކާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލް އިދާރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެއިނިންގ އެކެވެ. މި ޓްރެއިންނިންގައި ހދ. ހއ. އަދި ށ އަތޮޅުން ޖުމުލަ 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.