ޚަބަރު | ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ޖުވެނައިލް ކޯޓުން އިސްލާމިކް ކައުންސެލިން ސެޝަންތައް ކުރިއަށް ގެންދަން ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2015.04.26



ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ޖުވެނައިލް ކޯޓުން އިސްލާމިކް ކައުންސެލިން ސެޝަންތައް ކުރިއަށް ގެންދިއުން 23 އެޕްރީލް 2015 ވަނަ ދުވަހު ފަށައިފިއެވެ.

މި ޕްރޮގްރާމްއަކީ ތަފާތު މައްސަލަތަކުގައި ޖުވެނައިލް ކޯޓަށް ޙާޟިރުކުރާ ކުދިންނަށް އިސްލާމިކް ކައުންސެލިނގް  ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ސެޝަން ތަކެކެވެ. އެގޮތުން މިސިލްސިލާގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދެވިފައިވަނީ، މިހިނގާ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 10:45 އަށެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސެޝަން ތަކެއްގޮތުގައާއި ވަކިވަކި ކުދިންނަށް ގެންދާ ވަކިވަކި ސެޝަން ތަކެއްގެ ގޮތުގައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ކުށްކުރާ ދެ ޖިންސުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމާއި، އިސްލާމީ ޢަޤީދާ ކުދިންގެ ކިބައިގައި އަށަގެންނެވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.