ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 17 ވަނަ ބުރުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2015.04.28



22 ފެބްރުވަރީ 2015 އިން 26 ފެބްރުވަރީ 2015 އަށް،  ރ.އުނގޫފާރުގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 17 ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ޖުވެނައިލް ކޯޓުގެ ޤާޟީ އައްޝައިޚު މުޙައްމަދު ނަޢީމްއާއި، އެސިސްޓެންޓް ލީގަލް އޮފިސަރ ފާޠިމަތު ސާޖިދާއެވެ. މިޓްރެއިނިންގއަކީ، ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުވުމުގެ ގޮތުން ރެސްޓޮރެޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، ރ އަތޮޅުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި މެޖިސްޓްރޭޓުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްފަރާތްތަކާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލް އިދާރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެއިނިންގ އެކެވެ. މި ޓްރެއިންނިންގައި ރ އަތޮޅުން ޖުމުލަ 27 ފަރާތަކުން ބައިވެރިވެފައިވެއެވެ.