ޚަބަރު | 12 އަހަރުގެ ކުއްޖަކު ރައްކާތެރި މާޙައުލެއްގައި ބެހެއްޓުމަށާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް މިއަދު ޖުވެނައިލް ކޯޓުން އަމުރެއް ނެރެފި

ޕަބްލިޝްކުރި ތާރީޚް: 2015.05.07



12 އަހަރުގެ ކުއްޖަކު ރައްކާތެރި މާޙާއުލެއްގައި ބެހެއްޓުމަށާއި އެކުއްޖާއަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް މިއަދު ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ. މިކުއްޖާއަކީ މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި 17 މާރިޗު 2015 އިން ފެށިގެން މިކޯޓުގެ ބަންދުގެ އަމުރުގެ ދަށުން އެކިފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުއްޖެކެވެ. މިކުއްޖާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލެނިވެރިންނާ ޙަވާލުކުރަން ބެލިއިރު، މިކުއްޖާގެ މަންމަގެ ޞިއްޙީ ހާލަތުހުރިގޮތުން، އެއީ ކުއްޖާ ބެލެހެއްޓޭނޭ ފަރާތެއް ކަމުގައިނުވާތީ، އަދި ކުއްޖާގެ ބައްޕަ އަކީ ޢުމުރުން ދުވަސްވެފައިވާ މީހެއްކަމުން، ކުއްޖާގެ މަންމައާއި ބައްޕަގެ ކިބައިގައި ކުއްޖާ ބެލެހެއްޓޭނޭފަދަ ޙާލަތެއްނެތުމުންނާއި، އެޢާއިލާގައި ކުއްޖާއަށް ލޯތްބާއި ރައްކާތެރިކަން ދޭނޭފަރާތެއް ނެތްކަމާއި، މިހާރު ކުއްޖާ ދިރިއުޅޭ މާޙައުލަކީ ރައްކާތެރި މާޙައުލެއް ނޫންކަމާއި ކުއްޖާ ދިރިއުޅެމުންދާ ހިސާބުގަނޑުގައި އުޅޭ ގްރޫޕްތަކުގެ ނުފޫޒު ކުއްޖާއަށް ވަރަށްބޮޑަށް ކޮށްފައިވާކަމަށް، 12 މާރިޗު 2015 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ތައްޔާރުކޮށް މިކޯޓަށް ހުށަހަޅާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާތީ، ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނޭ ޒިންމާދާރު ބަލަދުވެރިފަރާތެއް އަދި ހޯދިފައިނުވާތީ، ކަމާބެހޭ މުއައްސަސާތައްކަމަށްވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވި، އަދި ކުއްޖާގެ މައިންބަފައިންގެ ޙާލަތު ދެނެގަތުމަށްޓަކައި، ކުއްޖާގެ މަންމަ އާއި ބައްޕަގެ ބަޔާނެއް ނެގުމަށްފަހު، ކުއްޖާއާމެދު ވަކިގޮތެއް ނިންމުމަށް މަޝްވަރާކުރެވުމަށްފަހުގައެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރ 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެމުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކުރުމަށްފަހު، މިފަދަ ކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމުގައިވާތީއާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ މަސައްކަތްތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމަށްޓަކައި ތަންފީޛުކުރަންޖެހޭ ސިޔާސަތުތައް ތަންފީޛުކުރުން ހިމެނިފައިވާތީ، މިކުއްޖާއަށް އެކަށީގެންވާ ރައްކާތެރި މާޙައުލެއް ހަމަޖެހެންދެން، މިކުއްޖާ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިޙްތިޞާޞްގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކައުންސެލިންއާއި ރިހެބިލިޓޭޝަން ޚިދުމަތްތައް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އަންގާ އަމުރުކުރެވިފައިވެއެވ