ޚަބަރު | ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 18 ވަނަ ބުރުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2015.05.17



10 މެއި 2015 އިން 14 މެއި 2015 އަށް، ޖުވެނައިލް ޖަސްޓިސް ޔުނިޓުގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 18 ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރެއްގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މިޓްރެއިނިންގއަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުވުމުގެ ގޮތުން ރެސްޓޮރެޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، މާލޭގައި ޤާއިމްވެފައިހުރި ކުޑަކުދީންނާއިއެކު މަސައްކަތްކުރައްވާ މުއައްސަސާތަކުގެ ކަމާގުޅޭ މުވައްޒަފުންނާއި ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ އިސްފަރާތްތަކާއި ސްކޫލްތަކުގެ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެއިނިންގ އެކެވެ. މި ޓްރެއިންނިންގައި ޖުމުލަ 33 ފަރާތަކުން ބައިވެރިވެފައިވެއެވެ.