ޚަބަރު | ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2015.06.07



ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް މިއަދު 07 ޖޫން 2015 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު މެދު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 07 ޖޫން 2015 އިން ފެށިގެން 16 ޖޫން 2015 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމާއި، ޝަރިޢަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން، މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުންފަދަ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ.