ޚަބަރު | ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅުވައިގެން ޖުވެނައިލް ކޯޓުގައި ސާފުކުރުމުގެ ދުވަހެއް ފާހަގަކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2015.06.10



06 ޖޫން 2015 ވީ ހޮނިހިރު ދުވަހު، ޖުވެނައިލް ކޯޓު ސާފުކުރުމުގެ ދުވަހެއް، ކޯޓުގެ މުވައްޒަފުން ކުރިޔަށް ގެންގޮސްފިއެވެ. މި ޙަރަކާތުގެ ދަށުން، ކޯޓުގެ އެތެރޭގެ ހުރިހާ ތަންތަނާއި، ކޯޓުގެ ގޯތިތެރެއާއި ގަސްއިންދާބަޔާއި، ކޯޓުގެ ހުރިހާ ފުރާޅުތަކަކާއި ދިޔަދޮވިފަދަ ތަންތަންވެސް ސާފުކުރެވިފައިވެއެވެ. ކޯޓު ސާފުކުރުމުގެ މި ޙަރަކާތް ކުރިޔަށް ގެންދެވިފައިވަނީ، އެދުވަހުގެ ހެނދުނު 10:00 އިން ހަވީރު 17:30 ގެ ނިޔަލަށެވެ.

މި ޙަރަކާތް ކުރިޔަށް ގެންދެވިފައިވަނީ، ކޯޓުގެ މުވައްޒަފުން ގްރޫޕް ތަކަކަށް ބަހާލައިގެން، ވަރަށް އެކުވެރި މަޖާ މާޙައުލެއްގައެވެ. ކޯޓުން ކުރިއަށް ގެންދާ މިފަދަ ޙަރަކާތްތަކުގެ ސަބަބުން، މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާވެ، އަދި މަސައްކަތުގެ މާޙައުލުގައި ހިތްހަމަޖެހޭ އުފާވެރި ވެއްޓެއް ޤާއިމުކުރުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދެއެވެ.