ޚަބަރު | ނޫރު އާދަމް ޙަސަންފުޅުގެ އިތުރު 6 ވާރިޘެއްގެ ބަސް ނަގަންފަށައިފި

ޕަބްލިޝްކުރި ތާރީޚް: 2015.06.14



29 މާރިޗު 2015 ދުވަހު 01:42 އެހައިކަށްހައިއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ވަޅިއަކުން ހަމަލަދީ މަރާލާފައިވާ ދަފްތަރު ނަންބަރު 074 ނޫރު އާދަމް ޙަސަންފުޅުގެ އިތުރު 6 ވާރިޘެއްގެ ބަސް ކޯޓުން ނަގައިފިއެވެ. އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ނަގާފައިވާ 04 ވާރިޘަކު ބޭނުންވަނީ މަރަށް މަރު ހިފުމަށެވެ. އަދި ޖުވެނައިލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު 02 ވާރިޘަކުވެސް ބޭނުންވަނީ ނޫރު އާދަމް ޙަސަންފުޅުގެ ޤާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ.

މި މައްސަލާގައި އަދިވެސް އިތުރު ވާރިޘުން ތިބިކަމަށް ކޯޓަށް މަޢުލޫމާތު ލިބިފައިވާތީ އެ ވާރިޘުން ކޯޓަށް ޙާޟިރުކޮށް ބަސް ނެގުމުގެ މަސައްކަތްތައްދަނީ ކުރެވެމުންނެވެ.