ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު ޢާންމުކޮށްފި

ޕަބްލިޝްކުރެވުނު ތާރީޚް: 2021-10-17

ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ އުޞޫލު މިއަދު ޢާންމުކޮށްފިއެވެ.


ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ ދަށުން ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ޙާޟިރުވެ، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސް މައްސަލައެއް ނިންމާ ޙުކުމްކޮށްފި

ޕަބްލިޝްކުރެވުނު ތާރީޚް: 2021-10-17

ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ހަމައެކަނި ޖުވެނައިލް ކޯޓަށްކަމަށް ކަނޑައެޅުނު ފަހުން، އަތޮޅު ތެރެއިން ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ގެންދިއުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ވަފުދެއް ފުރަތަމަ ފަހަރަށް މެޖިސްޓްރޭޓް ކޯޓަކަށް ގޮސް މައްސަލައެއް ހިންގުމަށްޓަކައި ގދ. އަތޮޅަށް ދަތުރު ކުރައްވައިފިއެވެ.


ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

ޕަބްލިޝްކުރެވުނު ތާރީޚް: 2021-07-01

ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު 01 ޖުލައި 2021 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 2021 ޖުލައި 01 އިން ފެށިގެން 2021 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށެވެ.