އިސްޤާޟީގެ ބަސް


އިސްޤާޟީގެ ބަސް

ޖުވެނައިލް ކޯޓުން މަސައްކަތްކުރަނީ، ކޯޓާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް މި ވެބްސައިޓުގެ ޛަރީޢާއިން ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.އެހެންކަމުން، ކުޑަކުދީންގެ މައްސަލަތަކުގައި ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށާއި، އެފަދަ މައްސަލަތަކަށް ސަމާލުކަންދޭ އެންމެހޭ ފަރާތްތަކަށް މި ވެބްސައިޓުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް އުންމީދު ކުރަމެވެ.

ޖުވެނައިލް ކޯޓަކީ، ކުޑަކުދީންގެ ޙައްޤު ގައާއި އެކުދީންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ޤާނޫނާއި ޝަރީޢާގެ ރޮނގުން ކިޔަވަމުންދާ ދަރިވަރުންނަށް ވަރަށް މުހިންމު ކޯޓެއްކަމުގައި މެނުވީ ނުވެ ނުދާނެއެވެ. އެހެންކަމުން، މި ކޯޓުގެ ބޭނުމަކީ، މި ވެބްސައިޓު މުދުވެރިކޮށް، ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ އެންމެ ފުޅާ މިންވަރަކަށް ކުޑަކުދީންގެ މައްސަލަތަކުގެ މަޢުލޫމާތުތައް ހާމަކުރުމެވެ.އެގޮތުންބަލާއިރު، ކޯޓުން މައްސަލަތައް ބެލުމުގައި ގެންގުޅޭ އިޖުރާއާތުތަކާއި، މައްސަލަތަކަށް ތާވަލުކުރެވިފައިވާ ދުވަސްތަކާއި އަދި ކޯޓުން ނިންމާ މުހިންމު މައްސަލަތަކުގެ ޙުކުމްތަކާއި، ކޯޓުން ކުރިއަށްގެންދާ ކުށް ކުރާ ކުދީން އިސްލާޙުކޮށް، އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މަސައްކަތްތައް އިންތިޒާމް ކުރެވިފައިވާ ގޮތުގެ މަޢުލޫމާތާއި، ކޯޓުގެ ތަފާސް ހިސާބުތަކުގެ މަޢުލޫމާތު ހިމެނެއެވެ.

 

އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، ކޯޓުގެ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، ތިޔަ ބޭފުޅުންގެ ބިނާ ކުރަނިވި ޚިޔާލުތަކުގެ އަޑުވެސް މި ވެބްސައިޓު މެވުރިކޮށް އަޅުގަނޑުމެންނާއި ހަމައަށް ވާޞިލްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

އަޅުގަނޑުގެ ދުޢާއަކީ، ކުޑަކުދީންގެ މައްސަލަތަކާގުޅޭ މަޢުލޫމާތުތައް ހޯދަން އެދޭ ފަރާތްތަކަށް، މިވެބްސައިޓު މެދުވުރިކޮށް އެކަމުގެ މަގު ފަހިވެގެން ދިއުމެވެ.