ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

Card image cap

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފިއެވެ. 16 ޑިސެންބަރު 2021 އިން ފެށިގެން 31 ޑިސެންބަރު 2021ގެ ނިޔަލަށް ދެމިގެންދާ މި ރިސެސްއަކީ ކޯޓުގެ މިއަހަރުގެ ފަހު ރިސެސްއެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ކޮންމެހެން ބާއްވަންޖެހިއްޖެ މައްސަލައެއްގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ޢާންމުކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުން މެދުކަނޑާލެވޭނެއެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ޝަރީޢަތްތަކާއި ގުޅުންހުރި އިދާރީ މަސައްކަތްތަކުގެ އިތުރުން، މައްސަލަތައް ބަލައިގަތުމާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި އަދި ޝަރީޢަތްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ދޫކުރުމުގެ އެންމެހައި މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2021-12-16
Card image cap
ޖުވެނައިލް ކޯޓަށް ރަޖިސްޓްރާރއެއް ހަމަޖައްސަވައިފި .

ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ހއ.މާރަންދޫ،ލަކީސްޓާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވައިފިއެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމު ހުސްވެފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު، ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 28 ނޮވެންބަރު 2021 ގައި ޢައްޔަނ...

Card image cap
"އިންޕްލިމެންޓޭޝަން އޮފް ޑައިވާޝަން ފޯރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ (ކެޕޭސިޓީ ބިލްޑިން)" ވޯރކްޝޮޕްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

ޔޫ.އެން.އޯ.ޑީ.ސީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދާ "އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" މަސައްކަތު ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ 4 މުވައްޒަފުން ބައިވެރިވެ ތަމްރީން ލިބިގަތްފިއެވެ. 2022 ޖޫން 28 އިން 30 އަށް މާލޭގައި ކު...

Card image cap
ފުވައްމުލަކުސިޓީއާއި އައްޑޫ ސިޓީއަށް އަމާޒުކުރައްވައިގެން ބޭއްވުނު ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

2022 ޖޫން 19 އިން 2022 ޖޫން 23 ގެ ނިޔަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގައި ޖުވެނައިލް ކޯޓުގެ ފެސިލިޓޭޓަރުންގެ ބައިވެރިވެވަޑައިގެން ތަމްރީނު ދެއްވައިފިއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައ...