ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ހއ.މާރަންދޫ،ލަކީސްޓާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވައިފިއެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމު ހުސްވެފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު، ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 28 ނޮވެންބަރު 2021 ގައި ޢައްޔަންކުރެއްވުމާއި ގުޅިގެންނެވެ.
އަލްއުސްތާޛު އަޙްމަދު ޝިފާއު މީގެކުރިން ހުންނެވީ ފެމިލީކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރ ކަމަށް އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވާފައިވަނީ 01 ސެޕްޓެމްބަރު 2022 ގައެވެ.