"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

Card image cap

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން ޗިލްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހަށް ލާޒިމްކުރާ ކަންކަން ތަންފީޒުކުރުމަށް އެ އޮފީހުން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކަމާގުޅުންހުރި ޢިދާރާތައް ހޭލުންތެރިކުރުވައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި ޖަވާބުދާރީވުން ހަރުދަނާކުރުމަށްޓަކައި ބޭއްވުނު ސިމްޕޯޒިއަމްއެކެވެ. އެގޮތުން، މި މަހާސިންތާގެ ތެރެއިން، މުއައްސަސާތަކުގެ މަސައްކަތް ބައްޓަންކުރުމުގައި ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމުގެ ރޫޙު އާލާކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން މި މަހާސިންތާގައި، ކުޑަކުދިންގެ އަދުލުގެ ޤާނޫނު، ޤާނޫނު ނަންބަރ:19/2019 އަށް ޢަމަލު ކުރަންފެށުމާއެކު އައިސްފައިވާ ބަދަލުތަކާއި، މިހާރުވެސް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ވީހާވެސް ހަރުދަނާ ގޮތެއްގައި ޙައްލުކޮށް އިޞްލާޙުކުރެވޭނެ ގޮތްތައް ދެނެގަތުމާގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. ޖުވެނައިލް ކޯޓުގެ ފަރާތުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ ލީގަލް އޮފިސަރ އަލްއުސްތާޛާ ޝިނާޒާ މުޙައްމަދުދީދީ އާއި ޕްރޮބޭޝަން އޮފިސަރ އަލްއުތާޛާ މަރްޔަމް ރައުޟާއެވެ.

ޕަބްލިޝްކުރި ތާރީޚް: 2022-09-25
Card image cap
އަންހެން ފަނޑިޔާރުންގެ މަހާސިންތާ/"ވިމެން ޖަޖަސް ކޮންފަރެންސް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

އަންހެން ފަނޑިޔާރުން، ޤާޟީން އަދި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދަވާ އަންހެން ފަނޑިޔާރުންގެ ފުރަތަމަ މަހާސިންތާ / 'ވިމެން ޖަޖަސް ކޮންފަރެންސް ' ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. 202...

Card image cap
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި..

ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، 2022 ޑިސެންބަރު 11ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ކޯޓުގެ މިއަހަރުގެ ދެވަނަ ރިސެސްވަނީ ފެށިފައެވެ. ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތ...

Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...