"މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.

Card image cap

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، 2022 ސެޕްޓެމްބަރު 18 އިން 19 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ "މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޝިފާއުއާއި ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ކޮންފަރެންސަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ ރީހެބިލިޓޭޝަންއާއި ރީ-އިންޓެގްރޭޝަންއަށް ބާރުއަޅާ ނިޒާމަކަށް ހެދުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި އަދި އެކަންކަން ޙައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން، ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ދިރާސާކުރައްވާ ފަރާތްތަކާއެކު ބޭއްވުނު ކޮންފަރެންސްއެކެވެ. މީގެ އިތުރުން، މި ކޮންފަރެންސްގައި، ދިވެހި މުޖުތަމަޢުގެ ޒުވާނުންނާއި، އަދި ޚާއްޞަކޮށް ކުށަށް މަގުފަހިވެފައިވާ ޒުވާނުންގެ ވިލުންވެރިކަން އިތުރުކޮށް، އިޖުތިމާޢީ ބަދަހިކަން ކުރިއެރުވުމަށް ކުރެވިދާނެ އެކި ކަންކަމާގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރާނެ ޢިލްމީ އަދި ފަންނީ ނެޓްވޯކްތައް ޤާއިމުކުރުމާގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިފައި ވެއެވެ. މި ކޮންފަރެންސްގައި ފެސިލިޓޭޓަރެއްގެގޮތުން ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ މިންޙާ ޢަބްދުލްމުޙްސިން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޕަބްލިޝްކުރި ތާރީޚް: 2022-09-25
Card image cap
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން، މިމަހުގެ 14 އިން 15 އަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގައި ގައި ޖުވެނައިލް ކޯޓުން 2 ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްއަކީ، ކުޑަކުދިންގެ ...

Card image cap
"މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ..

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން، 2022 ސެޕްޓެމްބަރު 18 އިން 19 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ "މާހަރަ" ކޮންފަރެންސްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ރަޖިސްޓްރާރ އަލްއުސްތާޛު އަޙްމަދު ޝިފާއުއާއި ޕްރޮބޭޝަން އޮފިސަރ އަލްފާޟިލާ ނާއިލާ ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ކޮން...

Card image cap
ޖުވެނައިލް ކޯޓަށް ރަޖިސްޓްރާރއެއް ހަމަޖައްސަވައިފި .

ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ހއ.މާރަންދޫ،ލަކީސްޓާރ އަލްއުސްތާޛު އަޙްމަދު ޝިފާއު ހަމަޖައްސަވައިފިއެވެ. ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމު ހުސްވެފައިވަނީ، އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު، ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 28 ނޮވެންބަރު 2021 ގައި ޢައްޔަނ...